މިއަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ސަރުކާރުން ކަނޑައަޅައިފިއެވެ.
އެކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް ރައީސުލްޖުމްހޫރިއްޔާ އިތުރުކުރައްވާފައިވާކަމަށެވެ. އެއީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5ވާ ބުރާސްފަތި ދުވަހާއި، އަޟްހާ އީދާއި ގުޅިގެން އަންނަ 13 ޖުލައިވާ ބުދަ ދުވަހާއި، 14 ޖުލައިވާ ބުރާސްފަތި ދުވަހާއި، މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން އަންނަ 28 ޖުލައިވާ ބުރާސްފަތި ދުވަހެވެ.
ފިތުރު އީދާއި ގުޅިގެން ގެނައި ބަދަލާއެކު 5 މެއި ބަންދުކުރުމުން ފިޠުރު އީދު ބަންދަށް ލިބޭ ދުވަސް އިތުރުވާނެއެވެ. ކުރިން އޮތްގޮތުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވާފައި ހުންނަ ދުވަހަކީ ބުރާސްފަތި ދުވަސް އެކަންޏެވެ. ނަމަވެސް މެއި 5 ވާ ބުރާސްފަތި ދުވަސް ބަންދުކުރުމާއި ގުޅިގެން ފިޠުރޔ އީދު ބަންދަށް އެއް ހަފްތާ ލިބޭނެއެވެ.
ޖުލައި މަހުގެ 13 އާއި 14 ބަންދުކުރުމަށް ނިންމެވުމުގެ ސަބަބުންވެސް އަޟްހާ އީދު ބަންދަށް 8 ދުވަސް ލިބޭނެއެވެ. އަދި ޖުލައި މަހުގެ 28 ބަންދު ދުވަހެއްގެގޮތުގައި ކަނޑައެޅުމުން މިނިވަން ދުވަހާއި ގުޅިގެން ބަންދު ދުވަހުގެ ގޮތުގައި 5 ދުވަސް ލިބޭނެއެވެ.
ސަރުކާރުން ފާހަގަކުރާ ރަސްމީ ދުވަސްތަކާއި ގުޅިގެން މީގެ ކުރިންވެސް މިފަދަ ދުވަސްތައް ބަންދުކުރަމުންދެ
ކޮމެންޓު ފޮނުވާ