އިންޑިޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކާދެކޮޅަށް ދިވެހި ސަރުކާރުން އަޑުއުފުލާ ބައިނަލް އަގުވާމީ ސަމާލުކަމަށް ގެނައުމަށް އިސްނެގުމަށް ދިވެހި ސަރުކާރަށް ގޮވާލާ މިއަދު ހުށައެޅި ކުއްލި މައްސަލަ މަޖީލީހުގެ ރިޔާސަތުން ބޭރުކޮށްލައިފިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި އެ މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އަވައްޓެރި ޤައުމުތަކުގެ ދާޚިލީ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދާއި ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިންވެސް އެކަމެއް ނުކުރެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި މައްސަލާގައި ވަނީ އިންޑިޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހިންގުމުގައި އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އެކަމަށް ހިތްވަރުދެމުންދާކަމެވެ. އަދި އެކަންކަމުގައި އިންޑިއާގެ ފުލުހުންވެސް ބައިވެރިވާކަން ފާހަގަކުރައްވާ އެ މައްސަލާގައި ވަނީ އިންޑިއާގެ މުސްލިމުންނަށް އަނިޔާކޮށް އެމީހުންގެ އަަސާސީ ޙައްޤުތަކުން މަހުުރޫމުކުރާއިރު އެކަމާމެދު ދިވެހި ސަރުކާރުން ބަހެއް ނުބުނެ ހަނު އޮތުމަކީ ދިވެހިން ރުހޭ ކަމެއް ނޫން ކަމަށެވެ. އަދި އިންޑިއާގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ކުރާ އަނިޔާއަކީ ދިވެހިން ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
އިންޑިއާގައި މުސްލިމުންނަށް އަނިޔާކުރާކުރުން ކުށްވެރިކޮށް އެކަމުގައި ދިވެހި ސަރުކާރުން ހައްގު ބަސްބުނުމަށެވެ އަދި އެ މައްސަލަ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނައުމަށް ރާއްޖެއިން އިސްނެގުމަށްވެސް ޝިޔާމް ހުށައެޅުއްވި މައްސަލާގައި ގޮވާލައްވާފައިވެއެވެ.
2 Responses
ޝުކުރިއްޔާ ޝިޔާމް މިއަދު ތިއަހުށަހެޅުއްވި ގަރާރު ހުށަހެޅުއްވި ކަމައްޓަކާ ބަލާނުގަތުމުން އެއީ އެކަމަށް ތާއީދުު
ކުރުން ނުންތޯ؟
ރިޔާސަތަލކީީ ދިވެހިންމިތިބިދީނާާ ފުށުއަރާރިޔާސަތެއްް ވީމަވާނެތާއުެހެންް މީނަގެސަބަބުންް އަހަރެމެންގެެ ޕާޓީތެރެއާާ ގައުމުވެސްް ބައިބައިއެބަވޭ