ފަސޭހަކަމާއިއެކު މެންޗެސްޓަރ ބަލިކޮށް، ލިވަޕޫލް އެއްވަނައަށް

ފަސޭހަކަމާއިއެކު މެންޗެސްޓަރ ބަލިކޮށް، ލިވަޕޫލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަސޭހަކަމާ އެކު 4-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ މެޗުގެ ލިވަޕޫލްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުހައްމަދު ސަލާހްއެވެ. މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ލިވަޕޫލަށް ލީޑް ނެގި ލަނޑު ޖަހަން ލުއިސް ޑިއާޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ސަލާހްއެވެ.

މި ސީޒަނުގައި ޔުނައިޓެޑް ދަނޑުގައި ލިވަޕޫލުން ވަނީ 5-0 އިން މޮޅުވެފައެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ލިވަޕޫލުން ލީޑުނެގި ގޮތަށް ރޭގެ މެޗުގައި ވެސް ވަނީ ފަސް ވަނަ މިނިޓްގައި ލީޑުނަގައިފައެވެ. މިއީ މުހައްމަދު ސަލާހު ދިން ބޯޅައަކުން ލުއިސް ޑިއާޒް ޖެހި ގޯލެކެވެ. އަނިޔާގެ ސަބަބުން މެޗުގެ 10 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ވަނީ ބަދަލުކުރަން ޖެހިފައެވެ.

މެޗުގެ 22 ވަނަ މިނެޓްގައި ސަލާހް ލަނޑު ޖެހީ، ސެޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ލިވަޕޫލްގެ ހަމަލާތަކުގައި ފެނިގެން ދިޔައީ ޑިއާޒް އާއި މާނޭ އަދި ސަލާހްގެ ކޮމްބިނޭޝަންއެވެ. ދެވަނަ ހާފުގައި މާނޭ، ތިންވަނަ ލަނޑު ޖެހީ ޑިއާޒް ދިން ބޯޅައިންނެވެ. ސަލާހްގެ ދެވަނަ ލަނޑު އޭނާ ޖެހީ 85 ވަނަ މިނެޓްގައި ޑިއޭގޯ ޖޯޓާ ތަނަވަސްކޯށްދިން ފުރުސަތަކުންނެވެ.

މެޗު އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް އެއްވަނަ މަގާމަށް ދެވެން އޮތެވެ. މެޗުން މޮޅުވުމުން އެޓީމު އެމަގާމު އޮތީ ދެ ޕޮއިންޓްގެ ލީޑަކާ އެކުއެވެ. އެކަމަކު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިރޭ ބްރައިޓޮންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަނެއްކާ ވެސް އެއްވަނަ އަށް ޖެހިލާނެއެވެ.

ލިވަޕޫލަށް 32 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ދެ ވަނައިގައި އޮތީ 31 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓަރ ޔުނައިޓެޑް އޮތީ 56 ޕޮއިންޓާއިއެކު ލީގުގެ 6 ވަައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *