ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް މިހާތަނަށް ފުއްދިފައި ނުވާކަމަށާއި، އިންތިޚާބު ތަކުގައި ކެމްޕެއިނަށް އައްޑޫ ސިޓީއަށް އަރައިގެން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ ކަމުގައި ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލްޔާސް މިހެން ވިދާޅުވީ އެމްޑީޕީ ޗެއާޕާސަންގެ އިންތިގެ ކެމްޕެއިންގައި ރޭ އައްޑޫ ސިޓީ ރައީސް ނަޝީދުގެ އޮފީސް ކުރިމަތީގައި ބޭއްވި ތަރީހުގައި އައްޑޫ ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ. އިލްޔާސްވަނީ އައްޑޫ ރައްޔިތުންނަށް މިސަރުކާރުން ވެފައިޥާ ވައުދުތަކާއި، ކުރަންބުނި އެއްވެސް ކަމެއް މިހާތަނަށް ކުރެވިފައި ނުވާކަން ފާހަގަކޮށްފައެވެ. އައްޑޫގައި ފަތުރުވެރިކަން ކުރުމަށް އޮތް ދޮރުތައް ބަންދުކޮށް ހުޅިފައި އޮތް ދެރިސޯޓް ބަންދު ކުރިތާ އެތައް އަހަރެއްވާއިރުވެސް މިއަދާއި ހަމައަށްވެސް ހުޅުވިފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ތިބޭފުޅުން އަޅެ ދަންނަވާލަ ބައްލަވާ އައްޑޫ ސިޓީއަށް އައިސް އައްޑޫ ސިޓީ ރައްޔިތުން ކައިރީ ބުނަންއޮތީ ކޯއްޗެއް ހިންގި ވާހަކަތޯ؟ ބައްލަވާ މިސަރުކާރު އައިރު އިޤްތިޞާދީ ވަޒީރަކަށް ހުންނެވީ މިއަދު އިމްތިޔާޒު ފަހުމީއާއި ވާދަ ކުރައްވާ ވަޒީރު. އައްޑޫ ސިޓީގައ ކޮންކަމެއްތޯ ކުރެވުނީ؟ ހިނގަ ހިނގާ އޮތް ދެ ރިސޯޓް، ޝަންގްރިއްލާއާއި، ހެރެތެރެ ބަންދު. މިއަދު ވެރިކަމަސް ހަތަރު އަހަރު މިނިމެނީ. އަދިވެސް ބަންދު. ދެން ކޯއްޗެއް ހިންގާ ވާހަކަތޯ؟
– އިލްޔާސް ވިދާޅުވިއެވެ.
ހުރިހާ ބޭފުޅުން އަޑު އަހާލުން މުހިންމު. ވިސްނާލުން ރަނގަޅު މިކަންކަމުގަ
Ilyas Labeeb އަބަދު ވެސް ވަކާލާތު ކުރަނީ ހައްޤަށް #Adducity #Tharaavees#ThilafathugeRamzu#InthiAaEku pic.twitter.com/whnRStrZ4n
— Alaika Ayesh (@AlaikaAyesh) April 19, 2022
އިލްޔާސް ވަނީ ވަކިވަކިން އައްޑޫ ސިޓީގެ ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އައްޑޫ ސިޓީގައި ހުވަދޫއާއުި ދެމެދު ސީޕްލެއިން ދަތުރުތައް ފެށުމަށް އަވީގައި ބައިތިއްބައިގެން ދެފަހަރެއްގެ މަތީން ކުރި ސޮއިތަކަށް ވީ ކިހިނެތްތޯވެސް އިލްޔާސް ވަނީ ސުވާލުކޮށްފައެވެ. ހަމަ މިއާއިއެކު އައްޑޫގައި ހެދި މަސްފެކްޓީ ހިންގާނެ ގޮތެއް ނެތި 4 އަހަރު ވާއިރުވެސް މިކަމާއިވެސް އެއްވެސް އަޅާލުމެއް ނެތްކަމަށެވެ.
އިލްޔާސް ވިދާޅުވީ އައްޑޫގައި މިސަރުކާރު އައި ފަހުން އުފެދުނު ވަޒީފާތަކާއި، ކުރެވުނު ކަންކަމުގެ ވާހަކަ ދައްކަން ސަރުކާރުގެ ވަޒީރުން ލަދުގަންނަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް އިޤްތިޞާދީ ވަޒީރަކީ މިކަންކަމުގެ ޒިންމާ އުފުލަންޖެހޭ ބޭފުޅާއަށްވާއިރު އައްޑޫގެ އެއްވެސް މަސައްކަތެއް ނުހިނގާ އޮތް އޮތުމަކީ އެވަޒީރުގެ ފައިލިއާކަމަށް އިލްޔާސް ވިދާޅުވިއެވެ.
ދެން ބައްލަވާ ސީޕްލެއިންގެ ކަންކަން. އަޅުގަނޑުމެން ދެފަހަރު ގެންގޮސް އެތާ އަވީގައި ބައިތިއްބާފަ އިފްތިތާހުކޮށްފި. ހުވަދޫ ރިސޯޓްތަކަށް ގެސްޓުން ގެންދަން. ކޮބައިތޯ އެކަން ކިހިނެތްވީ؟ އެއްކަމެއްވެސް ނުހިންގިގެން މިއުޅެނީ. އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި. ދެން ބައްލަވާ އައްޑޫގައި މިތާގަ މަސްފެކްޓްރީއެއް ހަދާފަ، 4 ވަނަ އަހަރަށް ދާއިރު މިއުޅެނީ މަސްކޮޅު ނުކުރިގެން ކަނޑައަށް އުކަމުން ދަނީ.
– އިލްޔާސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އިންތިގެ ޓީމުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސަރުކާރުން ތަރައްޤީއަށް މަސައްކަތް ނުކުރާކަމަށް ބުނަމުންނެވެ. ޚާއްސަކޮށް ވެފައިވާ ވައުދުތައް ނުފުއްދި 4 އަހަރު ވެފައިވާއިރު، ދެން އިތުރަށް ވެރިކަން ލިބޭނެ ވަރުގެ ތާއީދެއް މިސަރުކާރަށް ނެތްކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ