މިސަރުކާރުން ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރު ވަނީ ދެއްވާފަ: ޑރ.އިޔާޒް

މިސަރުކާރުން ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރު ވަނީ ދެއްވާފަ: ޑރ.އިޔާޒް

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2020 09:06
0

މިސަރުކާރުން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް ފުރިހަމަ ބާރާއި، އިޚްތިޔާރު ދެއްވާފައިވާކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ރާއްޖޭގައި ހިނގާ ކަންކަމާއި، ހުރި ކަންބޮޑުވުންތަކާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލް ތަފާތުވެ ކަންބޮޑުވުންވާނަމަ އެކަމަކށް ހައްލު ގެނައުމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާކަމަށެވެ. ރައީސްއާއި ފަސޭހައިން ބައްދަލުވާކަމަށް މިސާލު ނަންގަވަމުން ޑރ.އިޔާޒު ވިދާޅުވީ ދާދިފަހުން ދިމާވި ކަމެއްގައި ރާއްޖޭގެ 20 ދީނީ އިލްމުވެރިޔަކު ރައީސް ޞާލިހުއާއި ބައްދަލު ކުރެއްވުމަށް އެދުމުން ވަގުތުން އެފުރުސަތު ފަހިކޮށްދެއްވިކަމަށެވެ.

އަދި އެދުވަހުވެސް އިލްމުބވެރިންގެ ކަންބޮޑުވުން އަޑު އައްވައި އެކަމަށް އިޖާބަ ދެއްވާފައިވާކަމަށް އިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާލަތުގައިވެސް މިސަރުކާރުން ދީނީ އިލްމުވެރިންގެ ބަސް އަޑުއަހައި ދީނީ އިލްމުވެރިންގެ މަޝްރާގެ މަތީން ކަންކަން ނިނމާފައއިވާކަމަށެވެ. މިއީ ސަރުކާރުން ދީނީ އިލްމުވެރިންގެ ބަސް އަހައި އިޖާބަ ދޭކަމުގެ ހެއްކެއް ކަމަށެވެ.

ފާއިތުވެދިޔަ މާޒީގައި ދީނީ އިލްމުވެރިންނަށް ފާޅުގައި ދީނީ ކަންކަމުގައި ޚިޔާލް ފާޅުކޮށް ހެދުމުގެ ފުރުސަތު ހަނިވެފައި އޮތް ނަމަވެސް މިސަރުކާރުން ދީނީ އިލްމުވެރިންނަށް މިއަދު ފުރުސަތު ފަހިކޮށްދެއްވައި ތަނަވަސް ކޮށްދެއްވާފައިވާކަމަށް އިޔާޒް ވިދާޅުވިއެވެ. އޭނާ ސަރުކާރުން ޚާއްސަކޮށް ރައީސް ޞާލިހުއާއި، ނައިބް ރައީސް ފައިސަލް ނަސީމާއި، އިސްލާމިކް މިނިސްޓަރ ދީނީ އިލްމުވެރިންގެ މަޝްވަރާއާއިއެކު ދީނީ ކަންކަން ނިންމުމުގައި އިސްކަން ދެއްވާތީ އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.