ހުޅުމާލޭގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލައިފި

ހުޅުމާލޭގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލައިފި

Author
މުޙައްމަދު ޝަޒައިމް
16 އޭޕްރިލް 2022 06:48
0

ހުޅުމާލޭގައި ހިންގާ ރެސްޓޯރެންޓެއްގައި ބިދޭސީ މީހަކަށް ހަމަލާދީ މަރާލައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ، އެ މީހާ މަރުވީ އެ ތަނަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 5:30 ވާން އުޅެނިކޮށެވެ. މަރާލާފައިވަނީ ހުޅުމާލޭގައި ހިންގަމުންދާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެ މީހާއަށް ވަރަށް ބޮޑަށް ޒަހަމުކޮށްލާފައިވާ ކަމަށެވެ. އޭނާއަށް ހަމަލާދީފައިވަނީ ޕާކިސްތާނު މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ހަމަލާ ދިނުމަށް ފަހު ޕާކިސްތާނު މީހާ ވަނީ ފިލާފައެވެ.

ހާންޖީ ރެސްޓޯރެންޓަކީ ގިނަ އަދަދެއްގެ ޕާކިސްތާނު މީހުން މަސައްކަތް ކުރާ ރެސްޓޯރެންޓެކެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށެވެ.

މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ. އަދި ފުލުހުން ދަނީ ހަމަލާދިން ރެސްޓޯރެންޓް ބަންދުކޮށް، އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.