ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީގެ ޗެއަރޕާސަންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ގެނައުމަށް ތަޢީދުކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އެމްޑީޕީ ހިންގާލަން ބޭނުންވާތީކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ ފައްޔާޒްގެ ފެކްޝަނާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ފަހުމީގެ ފެކްޝަން ގެންދަވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންނެވެ. ވާދަވެރިކަން ބޮޑުވެ ކެމްޕެއިންގެ ފޯރި ވަނީ ގަދަވެފައެވެ.
އިކްރާމް ވިދާޅުވީ މަޖިލީހުގެ އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން 40 އަށް ވުރެ ގިނަ މެންބަރުންނާއި ޚާއްޞަކޮށް މަޖިލީހުގައި ތިއްބެވި 4 އަންހެން މެންބަރުންގެ ތެރެއިން 3 އަންހެން މެންބަރުންނާއި ދާއިރާތަކުގެ ރައީސުންގެ ބޮޑު މެޖޯރިޓީއެއް މިނިސްޓަރ ފައްޔާޒް އަދި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާ އިންތިޚާބުކުރުމަށް ތަޢީދުކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަމަށެވެ. އަދި ހަގީގަތުގައިވެސް އެމްޑީޕީ ހިންގާލެވޭނީ މިނިސްޓަރ ފައްޔާޒާއި ރޮޒައިނާއަށްކަމަށް ޤަބޫލުކޮށްގެންކަމަށް އިކްރާން ވިދާޅުވިއެވެ.
Majleehuge 40 ah vure gina MDP MPs, 3/4 anhen MPs adhi Dhaairaa Raeesunge bodu majorityeh #Faya4CP adhi #Rozey4ARR ah evves majboor kameh nethi thaeedh kuraanee hageegathgaives #MDPhingaalan beynunve ekanvaanee @faya_i adhi @Roxeyna kamah gabool kohgen. Emmen ekuga #KKBK pic.twitter.com/Fnj69o1mIW
— Ikram Hassan MP (@ikramhassan) April 16, 2022
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު އޮންނާނީ އަންނަ މަހުގެ 14ގައެވެ.
އިންތިޚާބުގެ ކެމްޕެއިންގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އިންތިގެ ޓީމުން ދަނީ ފައްޔާޟަށް އަމާޒުކޮށް، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ފަހަތުފަޔަށް ބުރަވާ ވާހަރތަކާއި، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްކަމަށް އިންތިގެ ޓީުންދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް ފައްޔާޟުގެ ޓީމުން ދަނީ މިހުރިހާ ވާހަކަތަކެއް ދޮގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ