ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރާ އިމްތިޔާޒު ފަހުމީއަކީ ޕޯޑިޔަމްތަކުގައި ވާހަކަ ދައްކަން މޮޅު ބޭފުޅެއް ކަމަށާއި، ނަމަވެސް ހިންގުމުގެ ތަޖުރިބާއެއް ނެތް ބޭފުޅެއްކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކެމްޕެއިންގައި ކ.އަތޮޅުގެ ރަށްތަކަށް ކުރި ދަތުރުގެ ތެރެއިން ކ.ގުރައިދޫ އެމްޑީޕީ މެމްބަރުންނާއި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ، އިންތިޚާބު ކުރަން މިއުޅޭ ޗެއާޕާސަންގެ މަޤާމަކީ ވަރަށް ޒިންމާދާރު ހިންގުންތެރި މަޤާމެއްކަމަށެވެ. މިމަޤާމަކީ އިދާރީ ގޮތުން ޕާޓީ ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އޮތް މަޤާމަށްވާއިރު، މިމަޤާމަށް އިންތިޚާބު ކުރަންޖެހޭނީ ހިންގުންތެރިއެއް ކަމަށެވެ.
މިއިންތިޚާބުގައި ވާދަކުރައްވާ ދެބޭފުުޅުންގެ ތެރެއިން އިންތިއަކީ ފަޔާއަށްވުރެ ޕޯޑިއަމަށް ގަދަ ބޭފުޅަކަށް ވެދާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ނަމަވެސް ހޮވަން މިއުޅޭ މަޤާމަކީ މޮޅެތި ވާހަކަ ދައްކާ މަޤާމެއް ނޫންކަމަށާއި، ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ހޮވަންޖެހޭ މަޤާމެއްގެ މަސައްކަތް ކަމުގައެވެ. އިންތިއާއި އަޅާބަލާއިރު ފަޔާއަކީ މާބޮޑަށްވެސް ހިންގުންތެރި މިހާތަނަށްވެސް އިދާރީ މަސައްކަތުގައި ނަތީޖާ ދައްކާފައިވާ ދިވެހި ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ބޭފުޅެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
???? @faya_i އަކީ އަންހެނުން ބާރުވެރިކޮށް ޕާރޓީގެ އަންހެނުންގެ ރޫހަށް ގެއްލިފައިވާ ފުރުސަތު ދޭނެ މީހެއް
????މި 5 އަހަފު ނިންމާ 2023 ހޯދަން ޕާރޓީ އާއި ސަރުކާރާއި ގުޅުވަދޭނެ މީހަކީ @faya_i
????އިދާރީ ހިންގުން ހިންގާލަން @Imthiyazfahmy އަށް ވުރެ @faya_i މާ ގަދަ ވާނެ #MDPhingaalan pic.twitter.com/Z8aXewz18E
— MDP Hingaalan (@MdpHingaalan) April 14, 2022
އޭނާ ވިދާޅުވީ ފަޔާއަކީ އަންހެނުން ބާރުވެރިކޮށް ޕާރޓީގެ އަންހެނުންގެ ރޫހަށް ގެއްލިފައިވާ ފުރުސަތު ދޭނެ މީހެއް ކަމަށެވެ. މިއަދު އެމްޑީޕީގެ އަންހެންނުންނަށް ގެއްލެމުންދާ ފުރުސަތުތަކާއި، އަންހެނުންނަށް ލިބެންޖެހޭ އެތައް ފުރުސަތެއް ނުލިބިގެންދަނީ ޕާޓީގެ ހިންގުމުގައި ތިބި މީހުން އެފުރޔސަތު ތަނަވަސް ނުކޮށްދޭތީކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަށް ކުރިއަށް އޮތީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަންޖެހޭ ދުވަސްތަކެއްކަން ހަދާންކޮށްދެމުން ރޮޒޭނާ ވިދާޅުވީ، މިފަސް އަހަރު ރައްޔިތުންނަށް ކޮށްދެވުނު ކާމިޔާބު ޚިދުމަތްތަކާއިއެކު ކުރިއަށް އޮތް 5 އަހަރު އެމްޑީޕީގެ ވެރިކަމެއް ޤާއިމް ކުރުމަށްޓަކައި، ޕާޓީގެ ހިންގުން ހަރުދަނާ ވާންޖެހޭކަމަށެވެ. ނެގި މަޑުވެފައި ތިބެގެން ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެކަމަށާއި، އެކަން ކުރެވޭނީ ފަޔާ އިންތިޚާބު ކޮށްގެންކަމަށެވެ.
ކޮމެންޓު ފޮނުވާ