ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ސަރުކާރު ޕްރޮމޯޓްކުރުމަށް ރާއްޖޭގެ ބައެއް މީޑިއާތަކަށް ރައީސް އޮފީހުން ދިން ފައިސާގެ ތަފްސީލް ހާމަކޮށްފިއެވެ. އެ މަޢުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައިވަނީމަޢުލުމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އޮންލައިން ނޫސް "ދިޔަރެސް" އިން އެ މަޢުލޫމާތަށް އެދުމުންނެވެ.
އެ މަޢުލުމާތުގެ ތެރޭގައި ބަޔާންކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރު ރައީސް އޮފީހުން ވަނީ މީޑިއާތަކަށް 1.2 މިލިއަން ރުފިޔާ ދީފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 150،000 ރުފިޔާ ދީފައިވާކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
ރައީސްއާއި ސަރުކާރު ޕްރޮމޯޓްކުރުމަށް ފައިސާ މީޑިއާތަކަށް ދީފައިވަނީ މައިގަނޑު ތިން ކަމެއްގައެވެ. އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އދ.ގެ އާންމު މަޖިލީހަށް ވަޑައިގަތުމަށް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅު ކަވަރު ކުރުމަށާއި، އިނގިރޭސިވިލާތުގައި އޮތް ތިމާވެއްޓާއި ބެހޭ ސަމިޓަށް ރައީސް ކުރެއްވި ދަތުރުފުޅު ޕްރޮމޯޓްކުރުމަށާއި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރުމަށެވެ.
ރައީސް ސޯލިހްގެ އެމެރިކާ ދަތުރުފުޅާއި ގުޅިގެން ރައީސް އޮފީހުން ނޫސް/ޓީވީ ތަކަށް ބެހި ފައިސާގެ ތަފްސީލް:
- އަދަދު ނޫސް: 50،000ރ.
- ވަގުތު: 40،000ރ.
- އަވަސް: 40،000ރ.
- ވަން އޮންލައިން: 45،000ރ.
- މިހާރު: 49،820ރ.
- ދައުރު ނޫސް: 50،000ރ.
- ރާއްޖެ ޓީވީ: 50،000ރ.
- ސަންގު ޓީވީ: 21،200ރ.
- ޖުމްލަ: 346،020ރ.
ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށްބުނެ ރައީސް އޮފީހުން ނޫސް/ޓީވީ ތަކަށް ބެހި ފައިސާ
- އަދަދު: 50،000ރ.
- މިހާރު: 53،000ރ.
- އަވަސް: 50،000ރ.
- ސަން: 50،000ރ.
- ވަގުތު: 50،000ރ.
- ރާއްޖެ ޓީވީ: 75،000ރ.
- ރަސް އޮންލައިން: 60،000ރ.
- ދުވަސް އޮންލައިން: 31،800ރ.
- ވަން އޮންލައިން: 50،000ރ.
- ސަންގު ޓީވީ: 60،000ރ.
- ދަ ޕްރެސް: 30،000ރ.
- ދައުރު: 50،000ރ.
- އައްޑޫ ލައިވް: 20،000ރ.
- ޖުމްލަ: 629،800ރ.
ސްކޮޓްލޭންޑުގައި އޮތް ތިމާވެއްޓާއި ބެހޭ ސަމިޓަށް ރައީސް ސޯލިހް ކުރެއްވި ދަތުރުފުޅު ކަވަރު ކުރުމަށް ރައީސް އޮފީހުން ނޫސް/ޓީވީ ތަކަށް ބެހި ފައިސާ
- ދަ ޕްރެސް: 30،000ރ.
- މިހާރު: 30،000ރ.
- ރަށު އެމްވީ: 30،000ރ.
- ވަން އޮންލައިން: 30،000ރ.
- ސަންގު ޓީވީ: 50،000ރ.
- ސަން: 30،000ރ.
- އަވަސް: 30،000ރ.
- ދައުރު: 30،000ރ.
- އަދަދު: 30،000ރ.
- ވަގުތު: 30،000ރ
- ޖުމްލަ: 320،000ރ.
ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި ރައީސް ސޯލިހް ދެއްވި ތަޤުރީ ކަވަރު ރައީސް އޮފީހުން ނޫސް/ޓީވީ ތަކަށް ބެހި ފައިސާ
- ވަގުތު: 25،000ރ.
- މިހާރު: 25،000ރ.
- އެމްވީ ޕްލަސް: 25،000ރ.
- އައްޑޫ ލައިވް: 25،000ރ.
- އަވަސް: 25،000ރ.
- ވަން އޮންލައިން: 25،000ރ.
- ޖުމްލަ: 150،000ރ.
ރައީސް އޮފީހުން ސަރުކާރު ޕްރޮމޯޓްކުރުމަށް މީޑިއާތަކަށް ފައިސާ ދީފައިވާކަމުގެ އަޑުތަކެއް މީގެކުރިންވެސް ފެތުރިފައިވެއެވެ.
ކޮމެންޓު ފޮނުވާ