ޝަބީރު "ކުމްކުމް ބާގިޔާ" އިން ވަކިވެއްޖެ

ޝަބީރު "ކުމްކުމް ބާގިޔާ" އިން ވަކިވެއްޖެ

Author
ފާތިމަތު ނާވީ
11 އޭޕްރިލް 2022 07:43
0

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސިލްސިލާ ޑްރާމާ "ކުމްކުމް ބާގްޔާ"ގެ ލީޑުރޯލުން ފެނިގެން ދާ އެކްޓަރު ޝަބީރު އަލޫވާލިއާ އެ ޑްރާމާއިން ވަކިވެއްޖެއެވެ.

ޑްރާމާގައި "ރޮކްސްޓާ އަބީ"ގެ ރޯލުން ބެލުންތެރިންގެ ހިތް ފަތަހަ ކުރި ޝަބީރާއެކު މިޑްރާމާގައި ޕްރަގްޔާގެ ރޯލުން ފެނިގެން ދާ ސްރިތީ ޖާގެ ޖޯޑަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ ކަޕުލް އެކެވެ.

7 އަހަރަށް ފަހު ޑްރާމާއިން ވަކިވުމަށް އޭނާ ނިންމި ކަން އިއުލާން ކުރީ މި ހަފްތާގައެވެ. އަބީއަކީ މިޑްރާމާގެ މޭލް ލީޑް ކެރެކްޓަރއެވެ.

ޝަބީރު ވަނީ "ކުމްކުމް ބާގިޔާ" ދޫކޮށްލުމަށްފަހު އެހެން ޑްރާމާއަކަށް ސޮއިކޮށްފައެވެ. "ޕިޔާރުކާ ޕެހެލާ ނާމް ރާދާ މޯހަން" އަށް ސޮއިކޮށް މިހާރު މަސައްކަތް ފަށަން ތައްޔާރު ވެފައި ވާކަމަށްވެސް ޝަބީރު ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Shabir Ahluwalia (@shabirahluwalia)

"ކުމްކުމް ބާގިޔާ" އަކީ ގިނަބައެއްގެ މެދުގައި ވަރަށް މަގުބޫލު ޑްރާމާއެކެވެ. ނަމަވެސް ޑްރާމާ ފެށި އިރު ލިބުނު ފަދަ ތަރުހީބެއް ފަހުން އެ ޑްރާމާއަށް ލިބިގެން ގޮސްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.