ށ.ޅައިމަގުގައި ތަރައްޤީކުރާ ބަނދަރުގެ 48 އިންސައްތަ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ، ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައިވާކަމަށެވެ. އަދި މަޝްރޫޢުގެ 48 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.
ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައި. މަޝްރޫޢުގެ 48 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފަ.#MTCCProjects #RayyithungeKunfuni pic.twitter.com/nnMzoqC4UA
— MTCC Plc (@MTCCPlc) April 9, 2022
މި މަޝްރޫޢުއަކީ ޅައިމަގު ބަނދަރަށް ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އެމްޓީސީއިން ވިދާޅުވީ މި މަސައްކަތުގެ ދަށުން އެރަށު ބަނދަރަށް 276 މީޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 350 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، 500 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓްޖެހުމާއި، އެއް ތިރީސް ހާސް ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ށ.ޅައިމަގު ބަނދަރު ބޮޑުކުރާއިރު، މިއީ ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާ ބަނދަރެކެވެ. ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ތޭރަ ސަތޭކަ އަށްޑިހަ އަކަމީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓްލުމާއި، މަގު ބައްތި ހަރުކުރުން ހިމެނެއެވެ.
ޅައިމަގު ބަނދަރު ބޮޑުކުރުމުގެ މަސައްކަތަކީ ސަރުކާރުން 56.3 މިލިއަން ރުފިޔާ ޚަރަދުކުރައްވާ މަޝްރުޢެކެވެ.
ކޮމެންޓު ފޮނުވާ