އިންޑަސްޓްރީގެ މަޝްހޫރު ތަރިންތަކަކަށް ފާޑުކިޔައި، ކަންގަނާ އަމިއްލައަށް އޭނާއަށް ތައުރީފު ކޮށްފި

އިންޑަސްޓްރީގެ މަޝްހޫރު ތަރިންތަކަކަށް ފާޑުކިޔައި، ކަންގަނާ އަމިއްލައަށް އޭނާއަށް ތައުރީފު ކޮށްފި

Author
ފާތިމަތު ނާވީ
08 އޭޕްރިލް 2022 03:55
0

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ކަންގަނާ ރަނާވަތަކީ އަބަދުވެސް ކޮންމެސް މީހަކާ ޖެހިގަނެވޭތޯ ބަލާ މީހެކެވެ. އަދި މީހުންނަށް ފާޑު ފާޑުގެ ބަހުގެ ހަމަލާ ދިނުމުގެ އިތުރުން އަމިއްލަ މިހާއަށް އިންތިހާއަށް ތައުރީފު ކުރާވެސް މީހެކެވެ.

މިދިޔަ މަހުން ފެށިގެން އޭނަ ހޯސްޓްކުރަމުން އަންނަ ވެބް ރިއަލިޓީ ޝޯ "ލޮކް އަޕް" އަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި ރިއަލިޓީ ޝޯތަކުގެ އެންމެ އުހުގައި އެ ޝޯ ދަނީ ފިޔަޖަހަމުންނެވެ. އަދި ގިނަ ރެކޯޑްތަކެއް ވެސް އަންނަނީ މުގުރަމުންނެވެ.

ޝޯގެ ކާމިޔާބީގައި ފޮނި ބޮޑުވެފައި ހުރި ކަންގަނާ ދާދިފަހުން ވަނީ އޭނާއަށް ލިބުނު ކާމިޔާބީއަށް ތައުރީފް ކޮށްފައެވެ.

އެގޮތުން އޭނާ ބުނެފައިވަނީ ބޮލީވުޑްގެ ކާމިޔާބު ތަރިންގެ ތެރެއިން ހިމެނޭ ޝާހްރުކް ޚާން، އަކްޝޭ ކުމާރާއި ޕްރިޔަންޗާ ޗޯޕްޅާ އަދި ރަންވީރު ސިންގް ފަދަ ތަރިން ހޯސްޓުންގެ ގޮތުގައި ފެއިލްވެފައިވާ ކަމަށެވެ.

އަދި އިންޑަސްޓްރީގައި ތިބީ ހޯސްޓްކުރުމުގެ ހުނަރު ހުރި މަދުމީހެއް ކަމަށާއި އެމީހުންނަކީ އަމީތާބް ބައްޗަން އާއި ސަލްމާން ޚާން އަދި އޭނާ ކަމަށެވެ. އޭނާ ބުނީ ސަލްމާނާއި އަމީތާބް ހޯދިފަދަ ކާމިޔާބެއް ޝޯ ހޯސްޓް ކުރުމުން ލިބުމުން އުފާވާކަމަށެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ގެނެސްދޭ "ލޮކް އަޕް" އަކީ ކަންގަނާ ހޯސްޓުކުރުމަށް ވައްދައިދިން ޝޯއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮލީވުޑުގަ ހުރި އެންމެ އަނގަބޮޑު މީހާ
ކަންގަނާ އެންޑް ހަރ ޔޫޒްލެސް މައުތު.