އިންޑިޔާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމާ ދެކޮޅަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވުނު އިޙްތިޖާޖުގެ ތެރެއިން ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށް ބަންދުކުރި މައްސަލަ ބަލައި ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން މިމައްސަލަ ހުށަހަޅާފައިވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށެވެ. ޕީޕީއެމްއިން ބުނެފައިވަނީ މިމައްސަލަ ހުށަހެޅީ ޕީޕީއެމްގެ އިސްބޭފުޅުންނާއި، ޒުވާނުންނަށް މުޒާހަރާގެ ތެރެއިން ކުރި އަނިޔާތަކާއި، ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށް ބަންދު ކުރި މައްސަލަތައް ބަލައި ދިނުމަށެވެ.
“ނޭވާހޮޅިޔަށް” މުޒާހަރައިގައި ބައިވެރިވި ޕާޓީގެ އިސް ބޭފުޅުންނާއި ޒުވާނުންނަށް ޤާނޫނާ ޤަވާއިދާ ޚިލާފަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފައިވާތީ މި މައްސަލަތައް ބަލައިދިނުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ވަނީ ސިޓީ ހުށައަޅާފަ.
– ޕީޕީއެމްއިން ބުނެފައިވެއެވެ.
“ނޭވާހޮޅިޔަށް” މުޒާހަރައިގައި ބައިވެރިވި ޕާޓގެ އިސް ބޭފުޅުންނާއި ޒުވާނުންނަށް ޤާނޫނާ ޤަވާއިދާ ޚިލާފަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފައިވާތީ މި މައްސަލަތައް ބަލައިދިނުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަދު ވަނީ ސިޓީ ހުށައަޅާފަ pic.twitter.com/jstPLOobwn
— Progressive Party of Maldives (@ProgressPartyMV) April 6, 2022
މިމުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ވަނީ 7 ދުވަސް އަދި އެއްބައި މީހުންނާއި، 3، ދުވަސް އަދި 2 ދުވަސްވެސް ޖަހާފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު މަޖިލިސް ދެ މެމްބަރަކުވެސް ހިމެނެއެވެ.
އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށްވާއިރު އެ ޙައްޤުތައް ހަނިކޮށް، ނިގުޅައިގަނެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ. އަދި މިއަދު ރައްޔިތުން ޤައުމުގެ ހައްގުގައި ކުރާ މުޒާހަރާތަކާއި، ބާއްވާ އެއްވުންތަކަކީ މިސަރުކާރުން ނުހަނު ބިރު ގަންނަ ހަރަކާތްތަކެއްކަމަށްވެސް އިދިކޮޅު ވަނީ ބުނެފައެވެ.