އޭސީސީގައި 1681 މައްސަލަ

އޭސީސީގައި 1681 މައްސަލަ

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2022 01:07
0

އެންޓި ކޮރަޕްޝަން ކޮމިޝަން އެސީސީން 1،681 މައްސަލަ ބަލަންޖެހޭ ކަމަށާއި، މިހާތަނަށް އައު ކޮމިޝަނުން 10 މައްސަލައެއް ނިންމާފައިވަކަމުގައި އޭސީސީން ވިދާޅުވެއްޖެއެވެ.

އޭސީސީން މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި ކޮމިޝަންގައި މިހާރު ހުރި މައްސަލަތުގެ ތަފްސީލް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛް ޠާހާ މުހައްމަދު ވިދާޅުވީ މިހާރު އޮތް ކޮމިޝަންގެ މެމްބަރު އޭސީސީއާއި ހަވާލުވިއިރު، 1673 މައްސަލަ އޮތްކަމަށެވެ. އާކޮމިޝަންގެ ދައުރު ފެށުނު ފަހުން 25 މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 18 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން 7 މައްސަލައެއް ދޫކޮށްލާފައިވާކަމަށެވެ. މީގެ ތެރެއިން 10 މައްސަލަ ކޮމިޝަނުން ނިންމާފައިވާކަމަށް ޠާހާ ވިދާޅުވިއެވެ.

ޠާހާ ވިދާޅުވީ އޭސީސީއަށް މައްސަލަތައް ހުށަހަޅާ ގޮތަށް ބަދަލުތަކެއް ގެނައުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. މީގެ ކުރިން ކޮމިޝަންގެ އިޚްތިޞާސް ނުހިމެނޭ މައްސަލަތަކާއި، އަދި ކޮމިޝަންގެ ގަވާއިދަސް ނުފެތޭ މައްސަލަވެސް ހުށަހެޅޭކަމަށެވެ. މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވަނީ ކޮމެޓީގެ މެމްބަރުންގެ ބައްދަލުވުމަކުންކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީ ކުރުމުގެ ބާރު އޭސީސީގެ ރަޖިސްޓްރާއަށް ދޭ ގޮތަށް ކޮމިޝަނުން މިހާރު ނިންމާފައިވާމަަށެވެ. މީގެ އިތުރުން ކޮމިޝަނަށް މައްސަލަތައް ހުށަހަޅާ ފޯމާއި، ހުށަހަޅަންޖެހޭ ގޮތަށްވެސް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ.

އޭސީސީގެ ތަހުގީގް މަރުހަލާގައި ހުރި މައްސަލަތަކާއި ގުޅިގެން ކޮމިޝަންގެ ނައިބް ރައީސް އަލްއުސްތާޛް އަބްދުއްސަލާމް ވިދާޅުވީ
ތަހުގީގް މަރުހަލާ ގައި 1124 މައްސަލަ އެބައޮތްކަމަށެވެ. އަހަރުގެ ފުރަތަމަ ޗުއާޓާގައި ނިންމުމަށް މީގެ ތެރެއިން 136 މައްސަލައޮތް އޮއިރު، 162 މައްސަލައެއް އިވޮލުއޭޝަން ނިންމައި، ކޮމިޝަންގެ މެމްބަރުންނާއި ހަމައަށް ލިބިފައިވާކަމަށެވެ. އަދި މީގެ ތެރެއިން 12 މައްސަލަ ކޮމިޝަނުން ނިންމާފައިވަކަމަށެވެ.

އޭސީސީން ވަނީ އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕެލެއިންވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ތެރޭގައި ފާހަގަ ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި، "އާބާބު" ގެ ނަމުގައި، ކޮމިޝަނުން ވަނީ މަސައްކަތް ކުރާނެ އުސޫލެއްވެސް ހިއްސާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.