އެމްއެމްޕީއާރުސީ މައްސަލައިގެ އަމާޒުހުރީ ޤާނޫނު އިސްލާކޮށްގެންވެސް ފައިސާ އަނބުރާ ހޯދުމަށް

އެމްއެމްޕީއާރުސީ މައްސަލައިގެ އަމާޒުހުރީ ޤާނޫނު އިސްލާކޮށްގެންވެސް ފައިސާ އަނބުރާ ހޯދުމަށް

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2022 01:22
0

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގް ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ، ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

އޭސީސީގެ ނައިބް ރައީސް އަލްއުސްތާޛް އަބްދުއްސަލާމް ވިދާޅުވީ މިމައްސަލައަކީ ކޮމިޝަނުން އެންމެ އިސްކަންދީގެ ބަލާނެ އެއްމައްސަލަ ކަމަށެވެ. މިމައްސަލަ ތަހުގީގް ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ތަހުގީގް މަރުހަލާއިން ފެށިގެންވެސް ދައުލަތަށް ގެއްލިފައިވާ ފައިސާ އަބުރާ ހޯދުމަށްކަމަށެވެ. ކޮމިޝަނުން މިތަހުގީގަށް މިހާރު 12 އިންވެސްޓިގޭޓަރުން ކަނޑައަޅައި، ފުލުހުންނާއި، ޕީޖީ އޮފީހާއި ގުޅިގެން ޚާއްސަ މަސައްކަތް ތަކެއް ކުރަމުންދާކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލަގައި އެންމެ ބޮޑަށް ފޯކަސް ކުރާނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް. އަޅުގަނޑުމެން ޤާނޫނުތަކައި ގަވާއިދު ތަކަށް ބަދަލު ގެނެސްގެންވެސް، ޖިނައީ އަދުލުގެ ނިޒާމުގައި ބުނެފައިވާ ފައިސާ ހޯދުުގެ ބަޔަށް ޚައްސަ އިސްކަންދޭނަން.

– އޭސީސީގެ ނައިބް ރައީސް އަބްދުއްސަލާމް ވިދާޅުވިއެވެ.

އޭސީސީން މިތަހުގީގް ކުރިއަށް ގެންދާއިރު އިސްކަންދޭނެ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރު އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ވިދާޅުވީ، އެންމެ އިސްކަމެއް ދޭނީ ތަހުގީގް ކުރުމުގައި ރިކަވާ ކުރެވޭ ނިޒާމު ހަރުދަނާ ކުރަން ކަމުގައެވެ. ކޮންމެ މައްސަލައެއްގެ ތަހުގީގް ފަށާއިރުވެސް އެމައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭ މައްސަލައެއްތޯ ބަލައި ތަހުގީގް މަރުހަލާ ތެރެއިންވެސް މިކަމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތަސް ލިބެންޖެހޭ ފައިސާ ނުލިބި ހުރިކަމީ އާންމު ރައްޔިތުންނާއި، ދައުލަތުގެވެސް އެންމެ ބޮޑު ކަންބޮޑުވުން. މިހާރު ދަނީ ދިރާސާ ކުރަމުން އެސެޓް ރިކަވާ ކުރުމަށް ކުރަންޖެހޭ ކަންކަން. ޤާނޫނު އިސްލަހު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ. މިހާތަނަށް އެސެޓް ރިކަވާ ކުރެވޭނެ ނިޒާމެއް ނެތް.

– ޝިޔާމާ ވިދާޅުވިއެވެ.

ޝިޔާމާ ވިދާޅުވީ އޮޑިޓް އޮފީހާއި، އޭސީސީން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގައިވެސް އެސެޓް ރިކަވާ ކުރުމުގެ ބައި އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގޮސްފައި ނުވާކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ގުޅުންހުރި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ބޮޑެތި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވިގެންދާނެކަމަށް ޝިޔާމާ ފާހަގަ ކުރެއްވިއެވެ.

މިހާތަނަށް މިމައްސަލަ ބަލަމުން ދިޔައީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި އުފައްދަވާފައިވާ ކޮމިޝަނުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު އެކޮމިޝަން އުވާލުވުމާއި ގުޅިގެން އެމްއެންޕީއާރުސީގެ މައްސަލަ ތަހުގީގު ކުރުމުގެ ޒިންމާ ވަނީ އޭސީސީއައި ހަވާލ ކުރެވިފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.