ހުޅުމާލެ ޓްރެކް ސަރަހައްދުގައި އޮއްވާ ފެނުނު ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ބުނެފައިވަނީ ހުޅުމާލެ ފަޅުތެރެއިން ހޭނެތިފައި އޮތް ދިވެހި ފިރިހެނަކު ރޭ ފެނިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގައި އޭނާއަަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހާ ފެނިފައި ވަނީ މިރޭ 1:35 ހާއިރުއެވެ.
އެމީހާ މޫދަށް ވެއްޓުނު ސަބަބެއް ސާފެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ދަނީ ފުލުހުން އެ މީހާ މޫދުން ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ. އެއީ ގާތްގަނޑަކަށް އުމުރުން 28 ނޫނީ 29 އަހަރުގެ މީހެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ