ރޯދަ އާއި ސުވާލު: ރޯދަވެރިޔާ އަނގަޔަށް ފެންލުން ހުއްދަވެގެންވޭތަ؟

ރޯދަ އާއި ސުވާލު: ރޯދަވެރިޔާ އަނގަޔަށް ފެންލުން ހުއްދަވެގެންވޭތަ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
05 އޭޕްރިލް 2022 06:30
0

ރޯދަ އަށް ހުންނަ ޙާލުގައި ނޭފަތާއި އަނގަޔަށް ފެންލުން ހުއްދަވެގެންވޭތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ވުޟޫ ފުރިހަމަ ކުރުމަކީ މުއިމިނުންގެ މައްޗަށް އަމުރުވެވިގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (أَسْبِغْ الْوُضُوءَ وَخَلِّلْ بَيْنَ الأَصَابِعِ وَبَالِغْ فِي الاسْتِنْشَاقِ إِلا أَنْ تَكُونَ صَائِمًا ) މާނައަކީ: "ތިޔަބައިމީހުން ވުޟޫ ފުރިހަމަ ކުރާހުށި ކަމެވެ. އަދި އިނގިލިތައް ދޭތެރޭގައި ފެންލާ ހުށި ކަމެވެ. އަދި ނޭފަތަށް ފެންލުމުގައި ފަރުވާތެރިވާށެވެ. ރޯދަވެރިޔާ މެނުވީއެވެ".

މި ޙަދީޘްގައި މިވަނީ ނޭފަތާއި އަނގަޔަށް ފެންލުމުގައި ރޯދަ އަށް ހުންނަ ޙާލަތުގައި ރައްކާތެރި ވުމަށް އަންގަވާފައެވެ. ސަބަބަކީ ނޭފަތާއި އަނގަޔަށް ފެންލުމުގެ ސަބަބުން އެތެރެ ހައްޓަށް ފެން ހިނގައިދާނެތީވެއެވެ. ރޯދަ އަށް ހުންނަ އިރުގައިވެސް އެތެރެއަށް ފެން ނުދާނެނަމަ ރޯދަ އެއް ނުގެއްލޭނެއެވެ.  والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.