ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޢާންމުކުރުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ނޭނގި ބައެއް މީހުން ޖައްސާފައި ހުންނަކަމުގެ ޝަކުވާ އަބަދުވެސް ހުށައަޅާކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ.
އެކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީ ތަކުން ހުށަހަޅާ މެމްބަރޝިޕް ފޯމުތަކުގެ ޞައްޙަކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން 01 އޭޕްރީލް 2022 ގެ ފަހުން ހުށަހަޅާ މެމްބަރޝިޕް ފޯމްތަކުގެ ލިސްޓު ކޮމިޝަނުގެ ވެބްސައިޓްގައި އާއްމު ކުރުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެމްބަރުންގެ ލިސްޓު 01 އޯގަސްޓު 2022 ގައި ކޮމިޝަނުގެ ވެބްސައިޓްގައި އާއްމުކުރުމަށް މިއަދު ކޮމިޝަނުން ނިންމައިފި.
– އިލެކްޝަންސް ކޮމިޝަން
ސިޔާސީ ޕާޓީ ތަކުން ހުށަހަޅާ މެމްބަރޝިޕް ފޯމުތަކުގެ ޞައްޙަކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން 01 އޭޕްރީލް 2022 ގެ ފަހުން ހުށަހަޅާ މެމްބަރޝިޕް ފޯމްތަކުގެ ލިސްޓު ކޮމިޝަނުގެ ވެބްސައިޓްގައި އާއްމު ކުރުމަށް މިއަދު ކޮމިޝަނުން ނިންމައިފި.
— Elections Commission (@ElectionsMv) April 4, 2022
ސިޔާސީ ޕާޓިތަކުގެ މެންބަރުންގެ ލިސްޓް ޢާންމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއެކު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ލިސްޓަކީ ސައްޙަ ލިސްޓެއްކަން ކަށަވަރުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ސިޔާސީ ޕާޓިތަކުގެ ދަފްތަރުގައި އޮންނަ މެންބަރުންގެ ލިސްޓާއި އިލެކްޝަންސް ކޮމިޝަނުގައި އޮންނަ މެންބަރުންގެ ލިސްޓާ މެންބަރުންގެ ޢަދަދު ތަފާތެވެ. އިުލެކްޝަންސް ކޮމިޝަނުން ބުނީ މިހާރުވެސް ގިނަ ފޯމްތަކެއްގެ ސައްޙަކަން ކަށަވަރުކޮށް ދަފްތަރުގައި މެންބަރުން ޖައްސަމުން އަންނަކަމަށެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާ ފޯމްގައި ފިންގަރ ޕްރިންޓް ޖަހަން ލާޒިމްކޮށްފައި ވީނަމަވެސް، ފިންގަރ ޕްރިންޓް ކަށަވަރުކުރެވޭނެ ޑޭޓާ ބޭހެއް މިހާތަނަށް ޤާއިމްކިުރެވިފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ރާއްޖޭގެ 18 އަހަރުން މަތީގެ އެންމެންގެ ފިންގަރ ޕްރިންޓްގެ ޑޭޓާ ބޭހެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.
ކޮމެންޓު ފޮނުވާ