1 ލައްކަ ފޮލޯވަރުން ހަމަ ވުމުން އައްޒަ ދެނީ އެންމެ ފަހުގެ އައި ފޯނެއް

1 ލައްކަ ފޮލޯވަރުން ހަމަ ވުމުން އައްޒަ ދެނީ އެންމެ ފަހުގެ އައި ފޯނެއް

Author
ފާތިމަތު ނާވީ
05 އޭޕްރިލް 2022 03:58
0

ރާއްޖޭގައި އެންމެ މަގުބޫލު އެއް ފިލްމީ ތަރި މަރިޔަމް އައްޒަގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ލައްކައަކަށް އެރުމާ ގުޅިގެން، އެކަމުގެ އުފަލިގައި ގިވްއަވޭ އަކަށް އެންމެ ފަހުގެ އައި ފޯން، އައިފޯން 13 ޕްރޯ މެކްސްއެއް ދިނުމަށް ނިންމައިފިއެވެ.

ގިނަ ބައެއްގެ މަގުބޫލު ކަން ހޯދާފައިވާ އައްޒައަކީ ސޯޝަލް މީޑީއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ޕޯސްޓެއް އަށްޒަގެ އިންސްޓަގާމް އިން ފެނިގެން ދާނެއެވެ.

ފޮލޯވަރުން ލައްކަ އަކަށް އެރުމާއި ގުޅިގެން އައިފޯން 13 ޕްރޯ މެކްސްގެ ހުދުކުލަ ދިނުމަށް ނިންމައި އިންސްޓަގްރާމްގައި އޭނާ ވަނީ އެކަން އިއުލާން ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Mariyam Azza (@axzxa)

އައްޒަ ދޫކޮށްލާ އައި ފޯން ހޯދުމަށް ކުޑަ މަސައްކަތެއް ކުރަން ޖެހެއެވެ. އެގޮތުން އައްޒަ ފޮލޯ ކުރުމަށް ފަހު ޕޯސްޓަށް ލައިކެއް ދީ، ޕޯސްޓުގައި ތިން މީހަކު ޓެގް ކުރަން ޖެހެއެވެ.

ގިވްއަވޭ ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 23:59 އާ ހަމައަށެވެ. އަދި ނަސީބުވެރިޔާ އިއުލާންކުރާނީ މި ޖެހިގެން އަންނަ ހޯމަދުވަހުގެރޭ 11:00 ގައި ކަމަށް އައްޒަ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.