މަގާމާ ހަވާލުވިތާ އެންމެ 7 މަސްދުވަސް ފަހުން، ސްރީލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސެންޓްރަލް ބޭންކުގެ ގަވަރުނަރު ކަމުގެ މަގާމުގައި ހުންނެވި އަޖިތު ނިވާރޑް ކެބްރާލް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ސްރީ ލަންކާއަށް ކުރިމަތިވެފައިވަ އިގްތިސާދީ ކާރިސާގައި، އާންމު ކާބޯ ތަކެއްޗާއި ބޭހާއި އަދި ހަކަތައް ލިބުމުގެ ދަތިކަން ފޯރާ، އިދިކޮޅު ފަރާތްތަކުން ސްރީ ލަންކާގެ އެކި ހިސާބުތަކުގައި މުޒާހިރާ ކުރަމުން ދަނިކޮށެވެ. އަދި މި ކާރިސާގައި ރޭގެ ވަގުތެއްގައި ސްރީ ލަންކާގެ ކެބިނެޓް އިސްތިއުފާ ދީފައި ވަނިކޮށްވެސް މެއެވެ.
އަޖިތު ނިވާރޑް ކެބްރާލް އޭނާގެ އިސްތިއުފާ އިއުލާން ކުރައްވާފައި ވަނީ ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ.
In the context of all Cabinet Ministers resigning, I have today submitted my resignation as Governor, @CBSL to HE President Gotabaya Rajapaksa. @GotabayaR #SriLanka #GoSL
— Ajith Nivard Cabraal (@an_cabraal) April 4, 2022
ވެޓަރަން ޕޮލިސީ މޭކަރއެއް ކަމުގައިވާ ކެބްރާލް ސްރީ ލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރަކަށް ހަމަޖައްސާފައިވަނީ، އެގައުމުގެ ފޮރިން އެކްސްޗޭންޖުގެ ހާލަތު ގޯސްވަމުން ދަނިކޮށް، ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މަގާމާއި ހަވާލުވުމަށްފަހު އޭނާވަނީ، ސްރީ ލަންކާގައި ގޯސްވަމުންދިޔަ ދަރަނީގެ ހާލަތު ރަގަޅު ކުރުމަށް އިސްކަން ދެއްވާފައެވެ. އަދި ވަކީން ޚާއްސަކޮށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީގައި، ސްރީ ލަންކާއިން ދަރަނަށްޏަށް ބަރޯސާވުން ކުޑަކުރުމަށް އޭނާވަނީ އިސްކަން ދެއްވާފައެވެ.
ސްރީ ލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އިސްތިއުފާ ދެއްވާފައި ވާއިރު، އެގައުމުގެ ފޮރިން އެކްސްޗޭންޖު ރިޒާވް އާދަޔާ ޚިލާފަށް ދަށްވެ، އިންފްލޭޝަން މަތިވެ، ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލި ވެފައެވެ.
އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާގެ ސަރުކާރުން އެގައުމުގެ އިގްތިސާދުގެ ބޭނުން ނާޖާއިޒު ގޮތުގައިކޮށް، އަދި ނަގާފައިވާ ބޮޑެތި ލޯނުތަކާއި، މާބޮޑު ޕްލޭނެއް ނެތި ޓެކްސް ދަށްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ގޯސްވަމުންދާ އިގްތިސާދީ ހާލަތަށް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.
އިގްތިސާދީ ހާލަތު ދަށްވެ، ސްރީލަންކާއިން މިހާރުވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާއި ޗައިނާއިން ދަނީ، ސްރީލަންކާއަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓިއެއް ދޫކުރުމާމެދު މަޝްވަރާ ކުރަމުންނެވެ. މިއީ ގޮޓަބަޔަގެ ސަރުކާރުން، މި ދެގައުމުން ނެގުމަށް މަސައްކަތައް ކުރައްމުންދާ އިތުރު ބޮޑެތި ލޯންތަކުގެ އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ފައިސާގެ އެހީއެކެވެ.
ކޮމެންޓު ފޮނުވާ