ޕެޑްރީގެ ހިތްގައިމު ގޯލުން ސެވިއްޔާ ބަލިކޮށް ބާސާ ދެވަނަ އަށް

ޕެޑްރީގެ ހިތްގައިމު ގޯލުން ސެވިއްޔާ ބަލިކޮށް ބާސާ ދެވަނަ އަށް

ގުޅުންހުރި

ސްޕެނިޝް ލީގުގެ ދެވަނައިގައި އޮތް ސެވިއްޔާ ބަލިކޮށް ބާސެލޯނާއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް މާ ގިނަ އެޓޭކްތަކެއް ނުކުރެވެއެވެ. ނަމަވެސް ސެވިއްޔާގެ އެންތޮނީ މާޝިއަލް ބާސެލޯނާގެ އޭރިއާ ތެރެއަށް ނެގި ހުރަހެއް އަރައުހޯގެ އަތުގައި ޖެހުމުން އެޓީމުން ޕެނަލްޓީއަކަށް އެޕީލްކުރިއެވެ. އެކަމަކު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައި ބާސެލޯނާއިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު، އެޓީމުން ލީޑު ނެގީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މިއީ ސެވިއްޔާގެ ދެޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ޕެޑްރީ ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑެކެވެ.

މި މެޗަށް ނިކުން އިރު 57 ޕޮއިންޓާއެކު ސެވިއްޔާ އޮތީ ތާވަލުގެ ދެވަނައިގައެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 54 ޕޮއިންޓު ލިބިގެންނެވެ. މި މެޗުން މޮޅުވުމާއެކު ބާސެލޯނާއަށް ދެވނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިމެޗުން މޮޅުވެ 57 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ތިންވަނަ ހޯދީ އެތުލެޓިކޯ މެޑްރިޑުންނެވެ. މި މެޗުން ބަލިވުމާއެކު ސެވިއްޔާއަށް ހަތަރުވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުން އެޓްލެޓިކޯ މަތީގައި އޮތުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ