ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަޙްމަދު ފޮޓޯ: ވަން

ކޯލިޝަން ހެދުމުގެ ވާހަކައެއް ނުދެކެވޭ، ވާދަކުރާނީ ޤާސިމް: އިލްހާމް

ކޯލިޝަން ހެދުމުގެ ވާހަކައެއް ނުދެކެވޭ، ވާދަކުރާނީ ޤާސިމް: އިލްހާމް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކާއި ކޯލިޝަން ހެދުމުގެ މަޝްވަރާތަކެއް ނުކުރެވޭ ކަމަށާއި، ޖުމްހޫރީ ޕާޓީގެ ޓީކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ބެހޭ ގޮތުން ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު މުބީން އިއްޔެ ކުރެއްވި ޓުވީޓަކާއި ގުޅިގެން ކަންކަން ސާފުކޮށްދެއްވުމަށް ކުރެއްވި ޓުވީޓެއްގައެވެ. މުބީން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރާނެކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ޖޭޕީން ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރަންޖެހުނު ކޮންމެ ބަޔަކާއި ކުރާނެކަމަށެވެ. ނަމަވެސް އޭނާ ވަނީ ފަހުން އެޓުވީޓު ޑިލީޓުވެސް ކޮށްފައެވެ.

މިވާހަތަކާއި ގުޅިގެން އިލްހާމް ވިދާޅުވީ މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، އެއްވެސް ބަޔަކާއިއެކު ކޯލިޝަނެއް ހެދުމާއި މެދު ޖުމްހޫރީ ޕާޓީގެ ކައުންސިލުގައި ވިޔަސް އަދި ލީޑަރޝިޕް ލެވެލްގައި ވިޔަސް މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ނުވަތަ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ނުނިންމާހާ ހިނދަކު ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން ނުވަތަ ޕާޓީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ޕާޓީގެ ކެނޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ. ޖުމްހޫރީ ޕާޓީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިކާބުގައި ޕާޓީގެ ފަރާތުން ވާދަކުރާނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް.

– އިލްހާމް ވިދާޅުވިއެވެ.

ޖޭޕީން ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދާވާހަކަ ގަދަ ވެފައިވަނީ ރައީސް ޔާމީން މިފަދަ ވާހަތަކެއް ވިދާޅުވުމާއި ގުޅިގެންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ ރަސްމީކޮށްވެސް އެވާހަތައް ދޮގުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ބަލަ ތިޔަ ދެމޫނުގެ މީހާޔާ އިލްހާމާ އަދި ބިންތަކާ ފަޅުތަކާ ރުއްގަހާ ރައްތަކާ ގައުމުގެ ހަޒާނާތަކާ ގަބުރުސްތާނުތަކާ އަދި ރައްޔަތުންނައް ޓެކްއޮޅުވާލިކަން އިދާރައިންބުނާ މިތަންތަނުގެ ބާނީ ބުރުމާގާސިމާ ދެމޫނެގެ ވެެިރި އިލްހާމު މިގައުމުގެ ރައްޔަތުން ބަލައެއްނުގައްނާނެ ދުވަހަކުވެސް ރައްޔަތުންނެެއްބޭނުމެންނޫ ލާރި އަޕަން ނުހައްގުންހޯދި އަޕަން ތިޔަ މުންޑު ކޯލޭސަނައްދީ؟ދެންމައުމޫނާ ފާހަރި އިމުރާނާ ސޭކް އިލްޔާސާމިވެރިނައްދީ؟؟

Leave a Reply

Your email address will not be published. Required fields are marked *