މުލާ، ބޯޓެންގް އަދި ހުމެލްސް ޖަރުމަނު ސްކޮޑުން ބާކީކޮށްފި

މުލާ، ބޯޓެންގް އަދި ހުމެލްސް ޖަރުމަނު ސްކޮޑުން ބާކީކޮށްފި

ޖަރުމަނު ގައުމީޓީމުން މިފަހަރު ކުޅުމަށް ހަޖެހިފަވާ ތިންމެޗަށް ނެގި ޓީމުން ތަޖުރިބާކާރު ތިން ކުޅުންތެރިންކަމަށް ތޯމަސް މުލާ އާއި ޖެރިމޯ ބޯޓެންގް އަދި މެޓްސް ހުމެލްސް ބާކީކޮއްފިއެވެ.

މިތިން ކުޅުންތެރިން ބާކީ ކުރިއިރު މިފަހަރު ޓީމުގެ ގޯލް ކީޕަރ އެންދްރޭ ޓާސްޓެގަން އަށް ވެސް ކޯޗު ޖެކޮމިން ލޯގެ ޓީމުން ވަނީ ފުރުސަތު ގެއްލިފައެވެ. ޓާސްޓެގަން ބުނީ ކޯޗު އޭނާއަށް ފުރުސަތު ނުދިނީ އަނިޔާއިން އެނބުރިއައިސް ފުރިހަމަ ފިޓްނަސްއަކަށް އައުމަށް ވަގުތުދިނުމުގެ ގޮތުންކަމަށެވެ. ޖަރުމަނު ކޯޗު ބުނީ ތަޖުރިބާކާރު ތިން ކުޅުންތެރިންނަށް ފުރުސަތު ނުދޭން ނިންމީ މުސްތަގުބަލަށް ބިނާ ކުރަމުންދާ ޓީމަށް ބަލާފައި ކަމަށާއި އެކުޅުންތެރިންނާ އެކު އެންމެފަހުން ކުޅުނު މެޗު ތުކުގައި މާބޮޑު ތަފާތެއް ނުފެނި ނަތީޖާ ގޯސްވުމުގެ ސަބަބުންކަމަށެވެ.

އެ ކުޅުންތެރިންނަކީ ޓީމާށް ވޭތުވެދިޔަ މާޒީގައި ކާމިޔާބުހޯދައިދިން މޮޅެތި ކުޅުންތެރިންކަން ކޯޗު ލޯ ވަނީ ފާހަގަކޮއްފައެވެ. މިހާރު މިއޮތް ހާލަތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ކަމަށާއި މިހާރު ކުރިޔަށް މިދަނީ ކުޅުންތެރިން އިވެލުވޭޓް ކުރުމުގެ މަސައްކަތްކަމަށް ކޯޗު ލޯ ބުނިއެވެ.

ޖަރުމަނު ފުޓްބޯޅު ޓީމުގެ ޑިރެކްޓަރ އަދި ކުރީގެ ކުޅުންތެރިޔާ އޮލިވާ ބިހޯފް ބުނީ ޖަރުމަނަށް އެންމެ މުހިންމީ ގައުމީ ފުޓްބޯޅަ ޓީމުކަމަށާއި ކާމިޔާބުގެ ދުވަސްތައް އަދިވެސް ޖަރުމަނަށް ތަކުރާރު ކުރެވިދާނެ ކަމަށެވެ. އަދި ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ގައިގަ އެފަދު ރޫހެއް ހުރިކަމަށް ބިހޯފް ބުނިއެވެ.

" އަހަރަމެން އެބަޖެހޭ ޖަރުމަނުގެ ކާމިޔާބު ދުވަސްތައް އަަލުން އަނބުރާ ގެންނަން، ޒުވާން ކުޅުންތެރިންގެ އެރޫހް އެބަހުރި."

– ބިހޯފް

މުލާ ގައުމީ ޓީމަށް 100 މެޗު ކުޅުނު އިރު ބޯޓެންގް 76 މެޗު ކުޅެފައިވެއެވެ. ހުމެލްސް ވަނީ 70 މެޗު ކުޅެފައެވެ. މިހާރު 30 އަހަރު މަތީ މިތިން ކުޅުންތެރިންނާއެކު ޖަރުމަނުން ވަނީ 2014 ވަނައަހަރު ވޯލްޑްކަޕް ކާމިޔާބު ކޮށްފައެވެ.

ޖަރަމުނުން މިހާރު ތައްޔާރުވަމުން ދަނީ ޗެކްރިޕަބްލިކާއި ސްޕެއިންގެ އިތުރުން ޔުކްރެއިންއާ ދެކޮޅަށް ކުޅޭ މެޗުތަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *