ށ.އަތޮޅުގެ އެމްޑީޕީގެ އަންހެނުން ބޭނުންވަނީ އަންހެނުންގެ ހައްގުގައި ވަކާލާތު ކުރާ، ސާބިތު ލީޑަރު އިންތިޚާބު ކުރުމަށް ކަމަށާއި، އެލީޑަރަކީ އޭނާއަކަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ޞަފާތު އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުކުރުމާއި އަންހެނުންގެ ރޫހުގެ ރައީސްއަކު އިންތިޚާބު ކުރުމަށް ބާއްވާ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށްދަނީ އެހާމެ ވާދަވެރިކޮށެވެ. އަންހެނުންގެ ރޫހުގެ ރައީސްކަމަށް ޞަފާތާއި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
ޞަފާތުވެސް ގެންދަވަނީ ކެމްޕެއިނަށް އަތޮޅުތަކަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާ ކެމްޕެއިން ކުރައްވަމުންނެވެ. މިގޮތުން ޞަފާތު ވަނީ ށ.އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ. މިކެމްޕެއިންގައި އަންހެނުންގެ ހައްގުގައި ސަފާއަތު ކުރަމުންދާ މަސައްކަތް ށ.އަތޮޅު އަންހެނުން ވަނީ ފާހަގަކޮށްފައެވެ. އަދި ފާއިތުވެދިޔަ 8 އަހަރު އަންހެނުންގެ ހައްގުގައި ކޮށްފައިވާ މަސައްކަތް ށ.އަތޮޅުގެ އަންހެނުން ވަނީ ބަލައިގެންފައެވެ.
އެމް.ޑީ.ޕީ އަންހެނުންގެ ރޫހު އިންތިޚާބުގެ ކެމްޕޭނަށް @safaathahmed އާއި ކެމްޕޭން ޓީމު ށ.މާއުނގޫދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާ އެއް ދަންނަވައިފި!#AnhenunSafaathAaiEku✅#SafaathForARR✅ #CandidateNo1️⃣✅???? pic.twitter.com/pu6wMr3T8G
— Safaath Ahmed Zahir (@SafaathForARR) March 25, 2022
ޝަފާއަތު ވިދާޅުވީ އަންހެނުން ސިޔާސީ ދާއިރާގައި ކުރިއަރުވަން ވޭތުވެރިޔަ އަހަރުތަކުގައި ހިންގި ތަމްރީން ޕްރޮގުރާމު ތަކުގައި ބައިވެރިވެފައިވާ ގިނަ އަންހެނުންނާއި، ށ.އަތޮޅުން ދިމާވެފަވާކަމަށެވެ. އެކަނބަލުން ތިބީ އޭނާގެ ޚިދުމަތް ބަލައިގަނެ އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އަންހެނުންނަށް ފުރުސަތުދޭ ތަނަކަށް ހެދުމަށް ކަމަށެވެ.
ށ.ކަނޑިތީމު ދާއިރާގައި ދޮރުން ދޮރަށް ހިނގުމުގެ ތެރެއިން@safaathahmed #AnhenunSafaathAaiEku#SafaathForARR✅#CandidateNo1️⃣✅???? pic.twitter.com/e0mIPm9uyY
— Safaath Ahmed Zahir (@SafaathForARR) March 24, 2022
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ޞަފާތަކީ ސިޔާސީ ޙަޔާތުގެ ފާއިތުވި 8 އަހަރުގައި އެމްޑީޕީ ފިޔަވައި އިތުރު އެހެން އެއްވެސް ޕާޓީއެއްގައި އުޅުއްވާފައިނުވާ ފަރާތެއްކަން އެމްޑީޕީގެ މެންބަރުން ފާހަގަކުރެއެވެ. ޞަފާތަކީ 2016 ވަނަ އަހަރުންފެށިގެން އެމްޑީޕީ އިޤްތިޞާދީ ކޮމިޓީއާއި އަންހެނުންގެ ރޫހުގެ އެކްޓިވް މެންބަރެކެވެ.