ރައީސް ޔާމީން

އާރަށުގެ މައްސަލާގައި ޔާމީންގެ ދިފާޢުގައި 18 ހެއްކެއް ހުށައަޅައިފި

އާރަށުގެ މައްސަލާގައި ޔާމީންގެ ދިފާޢުގައި 18 ހެއްކެއް ހުށައަޅައިފި

ވ.އަތޮޅު އާރަށު މައްސަލާގައި ކުރީގެ ރައީސް ޔާމީން މައްޗަށް އުފުލާފައިވާ ދަޢުވާއިން ދިފާޢުވުމަށް 18 ހެއްކެއް ހުށައަޅައިފިއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، ދައުވާކުރަނީ  ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި ދެބޭފުޅުންވެސް ވަނީ ދަޢުވާއަށް އިންކާރުކުރައްވާފައެވެ. މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައިސް ޔާމީންގެ ފަރާތުން ވަނީ ދިފާޢީ ހެކީގެ ގޮތުގައި ހަތް މީހަކާއި 11 ލިޔުމެއް ހުށައަޅާފައެވެ. އެ ހެކިތަކުގެ ތަފްސީލް ލިޔުމުން ހުށައަޅާފައިވާތި ވަގުތު ސަލާމަތްކުރުމަށް ހެކިތަކުގެ ތަފްސީލް މިއަދު ދީފައެއް ނުވެއެވެ.

ޔޫސުފް ނަޢީމްގެ ފަރާތުން ވަނީ ދިފާއީ 13 ހެއްކެއް ހުށައަޅާފައެވެ. އެީ ތިން މީހަކާއި 10 ލިޔުމެވެ. ދަޢުވާ ލިބޭ ދެފަރާތުންވެސް ހެކި ހުށައަޅާފައިވުމުން ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެތޯ ނިންމެވުމެވެ. ނަމަވެސް އޭގެ ކުރިން ހެއްކާ ބެހޭ ވާހަކަދެއްކުމަށް ވަކި އަޑުއެހުމެއް ބޭއްވުމަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ޤާޟީ އަޙްމަދު ޝަކީލް ނިންމެވީ އެކަމަށްޓަކައި އަޑުއެހުމެއް އަންނަ މަހު ބޭއްވުމަށެވެ.

އާރަށުގެ އިތުރުން ފުއްގިރި ކުއްޔަށް ދިން މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދަށުވާ އުފުލާފައެވެ. އެ ދެ މައްސަލަވެސް ކުރިއަށްގެންދަނީ ވަކިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *