ހޯރަފުށީގައި ޢިމާރަތްކުރާ އިންޓަރނޭޝަނަލް ޕްރީ ސްކޫލުގެ ބިންގާ އަޅައިފި

ހޯރަފުށީގައި ޢިމާރަތްކުރާ އިންޓަރނޭޝަނަލް ޕްރީ ސްކޫލުގެ ބިންގާ އަޅައިފި

Author
މުޙައްމަދު ޖިމީ
31 މާރޗް 2022 11:40
0

ހއ.ހޯރަފުށީގައި އިންޓަރނޭޝަނަލް ޕްރީ ސްކޫލެއް އެޅުމުގެ ބިންގާ އަޅައިފިއެވެ.

އެމްޓީސީސީގެ އިޖްތިމަޢީ ޒިންމާގެ ދަށުން ހޯރަފުށީގައި އިންޓަރނޭޝަނަލް ޕްރީ ސްކޫލެއް އެޅުމުގެ ބިންގާ އަޅައިދެއްވީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު އިމްދާޙް އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމާ، ޚިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަ ކޮށްދިނުމަކީ އެމްޓީސީސީގެ އަމާޒެއްކަމަށް އެކުންފުނިން ބުންޏެވެ.

ރާއްޖޭގެ މުސްތަޤުބަލް ކަމުގައިވާ ޅަ ދަރިންގެ ޢިލްމާއި ޙިލްމު ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ އަޅުގަނޑުމެންގެ ސަޤާފަތުގައި ހިމެނޭކަމެ ކެވެ. އަދި މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާ ގާތުން އަޅުގަނޑުމެން މަސައްކަތްކުރަމެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔައަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައިވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.