ސަރުކާރުން ފައިސާ ދީގެން ނޫސްވެރިކަން ކޮންޓްރޯލް ކުރުމަކީ ކަންބޮޑުވާކަމެއް: ވައްޑެ

ސަރުކާރުން ފައިސާ ދީގެން ނޫސްވެރިކަން ކޮންޓްރޯލް ކުރުމަކީ ކަންބޮޑުވާކަމެއް: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2022 08:19
0

ސަރުކާރުން ފައިސާ ދީގެން ނޫސްވެރިކަން ކޮންޓްރޯލް ކުރުން އުޅުމަކީ ހިތާމަހުރި ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ނެރީގެ ހުންނަ ގޯޅި މަޖިލިސް އޮންނަ ދުވަސްތަކުގައާއި، ބައެއް ބަންދު ދުވަސްތަކުގައި ރައީސް ނަޝީދު އެ ގެކޮޅުގައި އުޅުއްވާތި ވަރަށް ގިނަ ވަގުތު އޮންނަނީ ބަންދުކޮށްފައެވެ. އެއީ ހަނި އެތައް ގޯޅިއެއް އޮންނަ ސަރަހައްދަކަށްވުމުން، ސްކޫލް ދަރިވަރުން ގޮވައިގެންނާއި އޮފީސްތަކަށް ދާ މީހުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާ ލިބޭކަމަށްބުނެ އެއް އާޓިކަލްއެއް އެތައް ނޫހެއްގައި ވަނީ ޖަހާފައެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، ޤާނޫނު އަސާސީން ކަށަވަރު ކޮށްދިން އެއްމުހިންމު ހައްގަކީ ދުލާއި ގަލަމުގެ މިނިވަންކަން ކަމުގައެވެ. ނަމަވެސް މިހާރު އަނެއްކާވެސް މާޒީގައި ފެންިގެންދިޔަ ގޮތަށް ސަރުކާރުން ނޫސްވެރިކަމަށް ފާއިސާދީގެން ނޫސްތައް ކޮންޓްރޯލް ކުރަން އުޅޭތަން ފެނުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.

އާ ޤާނޫނުއަސާސީން ކަށަވަރުކޮށްދިން އެއްހައްޤަކީ ދުލާ ގަލަމުގެ މިނިވަންކަން. ރައީސް މައުމޫނުގެ ހުދުމުޚްތާރު ވެރިކަމުގައި ޚަބަރާ އިޝްތިހާރާ އިޝްތިރާކުގެ ނަމުގައި ސަރުކާރުން ފައިސާ ދީގެން ނޫސްވެރިކަން ކޮންޓްރޯލް ކުރުން ހުއްޓުވުން. އެކަމު އަނެއްކާ އެކަން ހިންގުވަން އުޅޭތީ ކަންބޮޑުވޭ.

– ވައްޑެ ވިދާޅުވިއެވެ.

ވައް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާގެ ކަންކަން ނުބެލި އެކަމުގެ ހަގީގަތް ނުހޯދިގެން އުޅޭއިރު، އަނެއްކާވެސް އެމަނިކުފާނު އިތުރު ނުރައްކަލަކަށް ހުށަހެޅޭ ގޮތަކަށް ނޫސްތަކުގައި އާޓީކަލް ލިޔެ ހަގީގަތް ފޮރުވުމަށް ކުރާ މަސައްކަތަކީ ބަލައި ގަނެވޭ ކަމެއް ނުންކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށް ނައްތާލަން ދެވުނު ބޮމުގެ ހަމަލާގެ ފަހަތުގައިވާ ކަންކަން ނުބެލި ނުހޯދި އަދިއަދަށް އޮތްއިރު، އަދިވެސް ރައީސް ނަޝީދަށް ސިފައިންގެއިން ފޯރުކޮށްދޭ ސެކިޔުރިޓީ ކަނޑާނުލެވިގެން ވާހަކަ ފަތުރުވާ މީހުންގެ ބޭނުމަކީ އަނެއްކާ އަނެއް ހަމަލާއަށް މަގުކޮށުން.

– ވައްޑެ ވިދާޅުވިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސ ނަޝިދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައީސް ނަޝިދުގެ ސެކިއުރިޓި ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެ ހަމަލާއާއި ގުޅިގެން ނަޝީދުގެ ގެކޮޅު ހުންނަ ގޯޅިއާއި މަޖީދީ މަގުގެ ބޮޑު ބައެއް ވަނީ ޕާކް ނުކުރެވޭގޮތަށް ހަދާފައެވެ. މިކަން މިހެން އޮތްނަމަވެސް ނަޝީދުގެ ގޭ ހުންނަ ގޯޅިތެރޭގައި ސެކިއުރިޓީ އުޅަނދު ބާއްވާ ގޯޅިތެރެ އޮންނަނީ ބަންދުކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ އިބުރާހިމް
ކޮބާތަ ލިޔެފަފޮނުވިހިޔާލު ފެއްނާކައްނެ އެއީހިޔާލެއްފޮނުވިޔަސްވެސް ވާވަރަޖީ އެހެންވެއޭހިޔާލުވެސް ނުފޮނުވެނީވެސް
އ އަލީ އިބުރާހިމް
މިހާރު ވއްޑެ ތިއުޅެމުންދާގޮތުން އުނގޫފާރު ދާއިރާގެ ރައްޔިތުމިތިބީވަރައް ބޮޑަށް ވައްޑެ ހޮވަން މަސެއްކައް ކުރެވުނީތީވެ ވަރަށްބޮޑަށް ދެރަވެފަ އެހެންމެންބަރުން ދާއިރާގެހައްގުގައި މަސެއްކަށްކުރަމުންދާއިރު ތިމާމީހައުޅެމުންތިދަނީދިމާ އިދިކޮޅަށް އެހެންކަންކަމުގެތެރެޔަށް ވަދެ ދާއިރާމަތިންހަދާން ނައްތާލާ ދާއިރާއަށް ވާނެގޮތެއްވާ ދޫކޮއްލައިގެންތިއުޅެނީ އަހަރެމެން ރައްއިތުންގެހާދަހާގިނަ ހުވަފެންތަކެއް އެބަގެއްލިގެންދެއެވެ މިކަމާ ވައްޑެ ކަންތައްބޮޑުނުވިޔަސް ދާއިރާގެ ރައްއިތުންގެ ކަންބޮޑުވުން އިންތިހާ އަށްއެބައޮތެވެ ތަންކޮޅެއް ފުންކޮއްވިސްނާލަބަލަ