ވެރިކަން ކުރާ އެމްޑީޕީ ހިންގާލުމަށްޓަކައި، ދެން އިތުރަށް ފަހަތަށް ޖެހެވެން ނެތްކަމުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ދަތުރުގައި ކުރައްވަ ދަތުރުފުޅުގައި ގދ.ފަރެސްމާތޮޑާގައި އެމްޑީޕީ މެމްބަރުންނާއި ވާހަކަ ދައްކަވަމުން ފައްޔާޟު ވިދާޅުވީ، އެމްޑީޕީން ކުރިއަށް އޮތް ތަނުގައި ކުރަންޖެހޭ މަސައްކަތަކާއި، އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށެވެ. މިމަސައްކަތް ކުރެވޭނީ އެމްޑީޕީ މިހާރު އޮތް ހާލަތުން އަރައިގަނެ، ރަނގަޅަށް ހިންގާލެވިގެންކަމަށެވެ.
އެމްޑީޕީ ހިންގުމުގައި ކޮންމެ ދުވަހަކުހެން މަސައްކަތް ކުރަންޖެހޭ އެންނެ މުހިންމު ފަރާތަކީ އެމްޑީޕީގެ ޗެއަޕާސަނަށްވާއިރު، މިއިންތިޚާބުގައި ވާދަކުރަން ނިންމެވީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމުގެ ވަރުގަދަ އަޒުމުގައިކަމަށް ފައްޔާޟު ވިދާޅުވިއެވެ. މިކަން ފެށިއިރު ރައީސް ނަޝީދާއިވެސް މަޝްވަރާ ކުރެއްވިކަމަށާއި، މިކަމުގައި އޭރު ރައީސް ނަޝީދުގެ ތާއީދުވެސް އޮތް ކަމަށެވެ. ނަމަވެސް ފަހުން ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާއި، މަސައްކަތް ކުރާނީ އެންމެން އެކީ އެއް އަމާޒަކަށް ދިއުމަށް ކަމުގައި ފައްޔާޟު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އައުމަށްފަހު އެންމެ އިސްކަންދޭނީ ޕާޓީގެ ގޮފިތަކާއި އާންމު މެމްބަރުންނާއި ޕާޓީގެ މައި އޮފީހާއި ފަސޭހައިން ގުޅާލެވޭނެ ގޮތެއް ހެދުންކަމަށް ފައްޔާޟު ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރުމުގައި ޕާޓީގެ ރައީސާއި، ޕާޓީގެ އެންމެ އިސްލީޑަރުގެ އެހީތެރިކަން ހޯދާނެކަމަށް ފައްޔާޟު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެކަހެރިކޮށް ބާކީކޮށް ޕާޓީއިން ވަކިކުރާކަށް އެއްވެސް ނިޔަތެއް އޮވެގެނެއްނޫން އަޅުގަނޑު މިކަންފެށީ. މިކަންފެށީ ރައީސް ނަޝީދުގެ އެހީތެރިކަމާވެސް އެއްކޮށް، ޚިޔާލުފަހުން ބަދަލުވިޔަސް. އަޅުގަނޑަކަށް ނެތް ފަހަތަށް ޖެހެވޭކަށް.
– ފައްޔާޟު ވިދާޅުވިއެވެ.
– ރައީސް ނަޝީދު އެކަހެރިކޮށް ބާކީކޮށް ޕާޓީއިން ވަކިކުރާކަށް އެއްވެސް ނިޔަތެއް އޮވެގެނެއްނޫން އަޅުގަނޑު މިކަންފެށީ. މިކަންފެށީ ރައީސް ނަޝީދުގެ އެހީތެރިކަމާވެސް އެއްކޮށް ޚިޔާލުފަހުން ބަދަލުވިޔަސް. އަޅުގަނޑަކަށް ނެތް ފަހަތަށް ޖެހެވޭކަށް- @faya_i @Roxeyna #MDPhnngaalan 2️⃣ pic.twitter.com/sF2cr0Eque
— ???????????????????????????????? ???????? (@abukyle20) March 28, 2022
ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިގެ ޓީމުން އެންމެ ބޮޑަށް ތުހުމަތުކުރާ އެއްކަމަކީ ފައްޔާޟު މަަސައްކަތް ކުރަނީ ރައީސް ނަޝީދު އެއްފަރާތްކޮށް، އެކަހެރިކޮށްގެން އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައެވެ. ނަމަވެސް ތަކުރާރުކޮށް ފައްޔާޟު ވަނީ ރައީސް ނަޝީދު އެމްޑީޕީން ދުރު ކުރެވޭނެ މީހަކު ކައިރި ޒަމާނެއްގައިވެސް ނާންނާނެކަމަށް ވިދާޅުވެފައެވެ.
އަދި މަސައްކަތް ކުރައްވާނީ އެއްބައިވަންތަކަމާއިއެކު ކުރިއަށް އޮތް އިންތިޚާބުތަކުގައި ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބު ހޯދަން ކަމަށާއި، އެކަން ކުރެވޭނީ އެމްޑީޕީ ހިންގާލެވިގެންކަމަށް ފައްޔާޟު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ