ކޮމަންޑޫ އައު އިންޖީނުގޭގެ މަސައްކަތުގެ ބޮޑުބައި ނިންމައިފި

ކޮމަންޑޫ އައު އިންޖީނުގޭގެ މަސައްކަތުގެ ބޮޑުބައި ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2020 09:12
0

ށ.ކޮމަންޑޫގައި އަޅާ އާ އިންޖީނުގޭގެ މަސައްކަތުގެ ބޮޑުގައި ނިންމާލައިފިއެވެ.

ށ.ކޮމަންޑޫގައި އަޅާ އާ އިންޖީނުގޭގެ މަސައްކަތް ކުރުމުން ދަނީ ފެނަކައިންނެވެ. ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި މިމަސައްކަތުގެ %49 މަސައްކަތް ވަނީ ނިމިފައެވެ. ފެނައިން ރާއްޖޭގެ އެކި ރަށްތަކުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

މި މަޝްރޫޢަކީ ފެނަކައިން 7.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން އިންޖީނު ބަހައްޓާ އިމާރާތެއް ހެދުމާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ އިމާރާތަކާއި، ފިއުލް ސްޓޯރޭޖް ހެދުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީމަހު ނިންމާނެކަމަށް ފެނަކައިން ބުނެއެވެ.

ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެނަކައިންދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެއް މަސައްކަތަކީ މީހުންނަށް އުނދަގޫވާގޮތަށް ރަށުތެރޭގައި ހުންނަ އިންޖީނުގެތައް، މީހުން ދިރިނޫޅޭ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.