އަންހެނުންނަށް "ގަންގޫބާއީ" ދެއްކުމަށް މުނީބް ބަޓް ސިނަމާ އެއްކޮށް ބުކް ކޮށްފި

އަންހެނުންނަށް "ގަންގޫބާއީ" ދެއްކުމަށް މުނީބް ބަޓް ސިނަމާ އެއްކޮށް ބުކް ކޮށްފި

Author
ފާތިމަތު ނާވީ
29 މާރޗް 2022 06:25
0

ޕާކިސްތާންގެ މަޝްހޫރު އެކްޓަރ މުނީބް ބަޓް، ބޮލީވުޑްގެ ފިލްމު "ގަންގޫބާއީ ކަތިއަވަޅީ" އަންހެނުންނަށް ދެއްކުމަށްޓަކައި ސިނަމާ އެއްކޮށް ބުކް ކޮށްފިއެވެ.

މުނީބް ފަދައިން އޭނާގެ އަންހެނުން އައިމަން ޚާނަކީ ވެސް މަޝްހޫރު ޓީވީ އެކްޓްރެސްއެކެވެ. މި ވަގުތު އެދެމީހުން އަންނަނީ ދުބާއީގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ދެމަފިރިން އެކުގައި "ގަންގޫބާއީ" ބެލުމަށް މުނީބް ވަނީ ދުބާއީގެ ސިނަމާއެއް އެއްކޮށް ބުކް ކޮށްފައެވެ. އަދި އެކަން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Galaxy Lollywood (@galaxylollywood)

2018 ވަނަ އަހަރު މުނީބާއި ކައިވެނި ކުރި ފަހުން އައިމަން ޚާންގެ އެއްވެސް ޑްރާމާއެއް އަދި މިހާތަނަށް ބެލުންތެރިންނާ ހަމައަށް ނާދެއެވެ. 2019 ވަނަ އަހަރު މިދެމީހުންނަށް ވަނީ ދަރިއަކު ލިބިފައެވެ.

ކައިވެނީގެ ފަހުން އައިމަން ޚާންގެ އެއްވެސް ޑްރާމާއެއް ނުފެނުނު ނަމަވެސް، މުނީބް އަންނަނީ ޑްރާމާތަކުން ފެންނަމުންނެވެ. އެގޮތުން ދާދި ފަހުން ނިންމާލި ސިލްސިލާ ޑްރާމާ "ޔޭ ނާތީ ހަމާރީ ގިސްމަތު" އިން ލީޑް ރޯލުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.