ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުމުގައި ކޯސްޓަލް ސަރވެއިލަންސް ސިސްޓަމްއެއް ޤާއިމްކޮށްފިއެވެ.
ވިލިމާލޭގައި ޤައިމުކުރެވިފައިވާ އެ ސިސްޓަމް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖަޔަޝަންކަރެވެ.
ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑަރ ސިސްޓަމް ވަނީ ޤާއިމުކުރެވިފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުންނެވެ. މި ރާޑަރ ސްޓޭޝަންތައް މިހާރު އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މިކަމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދިވެހި ސިފައިންނެވެ.
10 areas of Maldives have been established with Coastal Radar Systems by free aid of the Indian Government. These systems are operated by trained personnel of MNDF Coast Guard. pic.twitter.com/UWqOtbn1hr
— Maldives National Defence Force (@MNDF_Official) March 27, 2022
މި ރާޑަރު ސިސްޓަމަކީ ސްރީލަންކާ، އިންޑިއާ، އަދި މޮރިޝަސް، ސީޝެލްސްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި އެއް ވިއުގަ އަކުން ގުޅާލެވޭނެ ނިޒާމެކެވެ. އެމްއެންޑީއެފްއިން ބުނީ އެ ސިސްޓަމްގެ ސަބަބުން އެ މުއައްސަސާގެ ޤާބިލުކަން އިތުރަށް ފުޅާވާނެކަމަށެވެ. އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެކަމަށް ވެސް އެ މުއައްސަސާއިން ބުނެއެވެ.
މި ސިސްޓަމްގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޤާބިލުކަން އިތުރަށް ފުޅާވެގެންދާނެއެވެ. އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.