ކެޓްރީނާ ރާއްޖެ އައީ ކީއްކުރަން ކަން އިނގޭތަ؟

ކެޓްރީނާ ރާއްޖެ އައީ ކީއްކުރަން ކަން އިނގޭތަ؟

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2020 08:35
0

އިންޑިއާގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ހުރީ ރާއްޖޭގައެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

އޭނާ ރާއްޖެއައީ ޗުއްޓީ ހޭދަކޮށްލަން ކަމަށް ގިނަބަޔަކަށް ފުރަތަމަ ބެލުވުނު ނަމަވެސް، އޭނާ އައީ އެކަމަށް ނޫން ކަން ވަނީ ހާމަވެފައެވެ. އޭނާ ރާއްޖެ އައިސް ގޮނޑު ދޮށުގައި ހުރެ ނަގާފައިވާ ފޮޓޯއެއް އާއްމުކޮށް ބުނެފައި ވަނީ، ރާއްޖެއަށް އާދެވުމުން ވަރަށް އުފާވާ ކަމަށާއި، އޭނާ ރާއްޖެ އައިސްފައި ވަނީ ޝޫޓަކަށް ކަމަށެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ މޭކަޕް އާޓިސްޓަކާއި،އަދި ހެއާ ސްޓައިލިސްޓެއްވެސް ގޮވައިގެންނެވެ. ކެޓްރީނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން ފެނިގެން ދަނީ އޭނާގެ ރީތި ހިނިތުންވުމެވެ. އަދި ރާއްޖޭގެ ރީތި ގޮނޑުދޮށާއި، މޫދު ފެނިގެން ދެއެވެ. އަދި ވަރަށް ދުރުން ރަށެއްވެސް ފެނިގެން ދެއެވެ.

ގިނަބަޔަކަށް ރީތި ކެޓްރީނާ ވަނީ އޭމާގެ އަމިއްލަ ބިއުޓީ ބްރޭންޑެއް ތައާރަފް ކޮށްފައެވެ. މަސައްކަތުގެ ގޮތުން ދެން އޭނާ އެންމެ އަވަހަށް ފެނިގެން ދާނީ ސޫރްޔަވަންޝިންނެވެ. އަދި އޭނާ ފޯންބޫތްއިންވެސް ފެނިގެން ދެއެވެ. އޭނާ މީގެ ކުރިންވެސް ފޮޓޯ ޝޫޓަކަށް ރާއްޖެ އައިސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.