އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް މިއަދު ހުޅުވުގެން ދިއުމުން އިދިިކޮޅު ފަރާތްތަކުން މިތަނާއި ގުޅޭގޮތުން ދައްކަމުންދިޔ ވާހަތަކަކީ އެއްވެސް އަސްލެއްނެތް ފިތުނަވެރި ވާހަކަތަކެއްކަން ހާމަވެފައިވާ ކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވީ އައްޑޫގައި މިއަދު ހުޅުވި ފުލުހުންގެ ތަމްރީން މަރުކަޒާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ދައްކަމުންދިޔަ ވާހަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ކަމަށާއި، މިތަނަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ.
އިދިކޮޅުގެ ވާހަތަކަށް ރައްދު ދެއްވައި، އަލީ ޒާހިރު ވިދާޅުވީ އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ ރާއްޖެއާއި އިންޑިއާއި އޮތް ޒަމާވީ ގުޅުމުގެ އިތުރު ރަމްޒެއްކަމަށެވެ. އަދި މިތަނާއި ގުޅޭގޮތުން މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް ވާހަކަތަކެއްކަން މިއަދު ހާމަވެފައިވާކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
ދިވެހި ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ ދިގުދެމިގެންވާ ރަމްޒެއް މިއަދުވެސް ފެނިގެން މިދިޔައީ. ސިޔާސީ ބޭނުމަކަށް ހަގީގަތް އޮޅުވާލުމަށް އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށްބުނެ ފަތުރަމުންދިޔަ ފިތުނަވެރި ވާހަތަކަށް ނިމުމެއް އައި ދުވަސް.
– އަލީ ޒާހިރު ވިދާޅުވިއެވެ.
Dhivehi Raajjea ???????? India ya ???????? dhemedhu oi zamaan vi gaai gulhumuge dhigudhemigenva ramzeh miadhuves fenigen midhiyai. Siyaasi beynumakah hageegai olhuvalumah india ge military base eh kamah bune fathuramundhiya fithunaveri vahakathakah nimumeh ai dhuvas. pic.twitter.com/JWbhstVSby
— Ali Zahir (alipi) (@alixahir) March 27, 2022
ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ސަބަބުން ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ތަމްރީންކުރުމަށް އުމްރާނީ މަރުކަޒެއް ލިބުމުގެ އިތުރުން، މުޅި ދިވެހިރާއްޖެއަށް ހެޔޮ ބަދަލެއް އަންނަނެކަމަށް ފުލުހުން ވިދާޅުވެއެވެ. މިގޮތުން ލޯއެންފޯސްމަންޓުގެ ދާއިރާގެ ހުރިހާ މުއައްސަސާތަކަށްވެސް މިމަރުކަޒު މެދުވެރިކޮށް ތަމްރީނު ހިންގުމަކީ އޮތް ފުރުޞަތަކަށްވާތީ، ފުލުހުންގެ ބެލުމުގެ ދަށުން އެފަދަގޮތަކަށް ތަމްރީނުތައް ގެންދެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި، ފުލުހުން މިހާރު ހިންގާ އެކަޑަމިކް ޕްރޮގްރާމްތަކަކީ ޕްރައިވެޓް ސެކްޓަރ އިން ހިންގާ ޕްރޮގްރާމުތަކާއި ތަފާތު، އިޖުތިމާއީ އިލުމުތަކާއި ބޮޑަށް ގުޅޭ ޕްރޮގްރާމުތައްކަމަށްވާތީ، މިފަދަ ޕްރޮގްރާމުތަކަކީ އައްޑޫ ސިޓީގެ ޒުވާނުންނަށްވެސް އާ ދާއިރާތަކަކުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ޕްރޮގްރާމުތަކުން ފުރުޞަތުލިބުމުގެ މަގުތަނަވަސް ވެގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން އައްޑޫސިޓީގައި ގިނަ ފުލުހުންތަކެއް ޤާއިމުވެ ތިބުމުން އައްޑޫގެ އިގުތިސާދަށާއި ސަލާމަތާއި ރައްކާތެރިކަން ވަރުގަދަވެގެންދާނެކަމަށާ، ހަމައެހެންމެ މި މަރުކަޒަކީ ޒަމާނީ ޓެކްނޮލޮޖީތަކާއިއެކު ބޭރުގެ ޝަރަފުވެރި ޔުނިވަރސިޓީ އެކަޑަމީތަކުން ހިންގާ ވޮކޭޝަނަލް، ޕްރޮފެޝަނަލް، ސްޕެޝަލައިޒް ޕްރޮގްރާމްތައް ހިންގޭނެ ތަނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ރައީސުލްޖުމްހުރިއްޔާގެ ކެމްޕެއިން ވައުދުގެ ތެރޭގައި ފުލުހުންގެ ތަމްރީނުއަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން، މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމަށް ވެވަޑައިގެންފައިވާ ވައުދު ފުރިކަމަކުރުމަށްޓަކައި ކުރިއަށް އެޅޭ މުހިއްމު އެއް ފިޔަވަޅަށް މިމަރުކަޒު ވެގެންދާނެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް އަކީ 2009 އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ މަޝްރޫއެއްގޮތުގައި ކުރިއަށްދން ނިންމި މަޝްރޫޢުއެކެވެ. މިމަޝްރޫއުގެ މަޝްވަރާތައް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ނިންމާލުމަށްފަހު އެކި އަހަރުތަކުގައި އެކި ތަންތަނުގައި އެޅުމަށް މި މަޝްރޫޢުގެ ޑިޒައިނަށާއި، ކޮންސެޕްތަށް ބަދަލު ގެނެސްފައިވެއެވެ. ނަމަވެސް މި މަޝްރޫޢު އައްޑޫ ސިޓީގައިި ހިންގަން ހަމަޖައްސައި އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 25 ޖުލައި 2017ގައެވެ.
އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ޤާއިމްކުރި މި މަރުކަޒު ޤާއިމްކުރުމަށް 30 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ