ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ދޮންބައްޕަ ހައްޔަރުކޮށްފި

ދޮންދަރިއަކަށް ޖިންސީ ގޯނާކުރި ދޮންބައްޕަ ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2022 12:18
0

ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި އެކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރިކޮށްފައިވަނީ ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި ދޮން ބައްޕައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އުޅޭ މީހެއް ކަމަށެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް އެނގިފައިވެއެވެ. ފުލުހުން ގެންދަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.