ނަމް ޖޫ ހިޔުކަށް ކަމުދަނީ ފަލަ ކުދިން

ނަމް ޖޫ ހިޔުކަށް ކަމުދަނީ ފަލަ ކުދިން

Author
ފާތިމަތު ނާވީ
25 މާރޗް 2022 07:55
0

ސައުތު ކޮރެއާގެ ސިލްސިލާ ޑްރާމާ ތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރ ނަމް ޖޫ ހިޔުކަށް އެންމެ ކަމުދަނީ ފަލަކޮށް ތިބޭ އަންހެން ކުދިން ކަމަށް އޭނާ ބުނެފިއެވެ.

ސްޓާ ވަންއަށް ދިން އިންޓަވިއުއެއްގައި ނަމް ޖޫ ވަނީ އޭނާއަށް ކަމުދާ އަންހެން ކުދިންގެ ކިބައިގާ ހުންނަން ބޭނުންވާ ސިފަތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ އެންމެ ކަމުދަނީ އަޅަލާ، ލޯބިވާ، އަދި އިހުތިރާމް ކުރުމާއެކު ރަނގަޅު އިރުޝާދު ދޭ ކުދިން ކަމަށެވެ.

ކޮރެއާ ޑްރާމާ ތަކަށް ރާއްޖޭގައި ވަރަށް ޑިމާންޑް އޮވެއެވެ. ޒުވާނުންގެ މެދުގައި ކޮރެއާ ޑްރާމާ ތަކަކީ މަގުބޫލު ޑްރާމާ ތަކެކެވެ.

އުމުރުން 28 އަހަރުގެ އެކްޓަރުގެ ފާހަގަ ކޮށްލެވޭ ޑްރާމާ ތަކުގެ ތެރޭގައި "ވެއިޓްލިފްޓިން ފެއާރީ ކިމް ބޮކް ޖޫ" އާއި "ދަ ބާޑް އޮފް ހާބެކް" އަދި "ޑެޒްލިންގް" ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.