އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރ ޝާހިދު އިންތިޚާބުކުރުމަށް އިންޑިއާއިން ތާޢީދުކުރާކަން ހާމަކޮށްފި

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރ ޝާހިދު އިންތިޚާބުކުރުމަށް އިންޑިއާއިން ތާޢީދުކުރާކަން ހާމަކޮށްފި

Author
މުޙައްމަދު ޖިމީ
09 ނޮވެމްބަރ 2020 05:20
0

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރައްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންތިޚާބުކުރުމަށް އިންޑިއާއިން ތާޢީދުކުރާނެކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.

އިންޑިއާއިން މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް މިހާރުކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދާ ބައްދަލުކުރައްވާ މިއަދު ބޭއްވެވި މަޝްވަރާތަކުގައެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކުރުމަށް އިންޑިއާއިން ތާޢީދުކުރާނެކަން އިންޑިއާގެ ފޮރިން ސެކްރެޓަރީ އިޢުލާންކޮށްފައިވާކަމަށެވެ.

އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ މަތީ މަގާމެވެ. އާންމު މަޖިލީހުގެ ރިޔާސަތުގެ މަގާމަށް ގައުމެއް ހޮވަނީ އެކި ސަރަހައްދު ތަކަށް ބަހާލައިގެންނެވެ. އެގޮތުން ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހު ދެން އަންނަ ދައުރަށެވެ.

ރާއްޖެއިން އެ މަގާމަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށް، އެކުވެރި ގައުމުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.