133 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ޗައިނާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ

133 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ޗައިނާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ

Author
ހުސެއިން
21 މާރޗް 2022 01:47
0

133 މީހުންނާއެކު ދަތުރު ކުރަމުންދިޔަ، ޗައިނާ އީސްޓާރން ޕަސެންޖަރ ޖެޓެއް ވެއްޓިއްޖެއެވެ.

ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރ ސީސީޓީވީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިބޯޓު ވެއްޓިފައިވަނީ ޗައިނާގެ ހުޅަނގު ދެކުނުގެ ސަރަހައްދުގެ ފަރުބަދަތަކުގެ ތެރެއަށެވެ. އަދި ބޯޓު ވެއްޓުމާއެކު، މި ސަރަހައްދުގައި ވަރުގަދަ އަލިފާންގަޑެއް ރޯވެފައިވާ ކަމަށްވެސް ޗައިނާގެ ސީސީޓީވީއިން ރިޕޯޓު ކޮށްފައި ވެއެވެ.

ޗައިނާގެ ގުއާންޒީ ރީޖަންގެ ވުޒުހައު ސިޓީގެ ޕްރޮވިންޝަލް އެމަރޖެންސީ މެނޭޖުމަންޓް ބިއުރޯއާއި ހަވާލާދީ ސީސީޓީވީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބޯޓު ވެއްޓިފައިވަނީ މިސިޓީގެ ރަށްބޭރުގެ ފަރުބަދަމަތީ ސަރަހައްދަށެވެ. އަދި މިހާރު މި ސަރަހައްދަށް އެމަރޖެންސީ ޓީމުތައް ފޮނުވާލެވިފައިވާ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.

އެއަރޕޯޓު ސްޓާފުންނާއި ހަވާލާދީ، ޗައިނާގެ އެހެން ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަދުވަހުގެ މެދުރު، ގަޑިން 1:00 ގައި ޗައިނާގެ ކުންމިންގ ސިޓީން ފުރާފައިވާ ޗައިނާ އީސްޓަން ފްލައިޓު MU5735 ޝެޑިއުލްއާ އެއްގޮތަށް އޭގެ މަންޒިލަށް ދަތުރު ކޮށްފައި ނުވެއެވެ.

މި ބޯޓު ވެއްޓުމުގެ ހާދިސާއާއި ގުޅިގެން، ޗައިނާ އީސްޓަންގެ ފަރާތުން އަދި އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.