ޔޫކުރެއިންއަށް ހަމަލާ ދިނުމުގައި ރަޝިއާއިން ދެވަނަ ފަހަރަށް ހައިޕަރސޮނިކް މިސައިލް ބޭނުން ކޮށްފައިވާކަން އެގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަ ކޮށްފިއެވެ.
ރަޝިއާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، އެގައުމުން އުފައްދާފައިވާ ކިންޒްހާލް މިސައިލް ސިސްޓަމް ބޭނުން ކޮށްގެން، ހައިޕަރސޮނިކް މިސައިލް ދެވަނަ ފަހަރަށް ބޭނުން ކޮށްފައިވަނީ، ޔޫކުރެއިންގެ ދެކުނުގައިވާ ތެޔޮ ކާރުޚާނާއެއް ހަލާކު ކޮށްލުމަށް ކަމުގައެވެ.
"ކިންހާލް.. ހައިޕަރސޮނިކް ބެލެސްޓިކް މިސައިލް ބޭނުން ކޮށްފައިވަނީ، މައިކޮލައިވް ސަރަހައްދުގެ ކޮސްޓިޔަންޓިނިވްކާ ސެޓްލްމަންޓް ކައިރީގައިވާ، ޔޫކުރެއިންގެ އަސްކަރިއްޔާއިން ބޭނުންކުރާ ތެލާއި ލުބިރިކަންޓް ރައްކާކުރާ ކާރުޚާނާއެއް ހަލާކު ކޮށްލުމަށް،" ރަޝިއާގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މިއީ ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދިނުމަށް ހައިޕަރސޮނިކް މިސައިލް ބޭނުންކުރި ޖެހިޖެހިގެން ދެވަނަ ދުވަހެވެ.
▫️Destruction of a weapons depot of the Armed Forces of Ukraine by high-precision missile weapons strike. We can see the exact hit of an underground hangar with weapons and ammunition. pic.twitter.com/sKTF46Tdb0
— Минобороны России (@mod_russia) March 19, 2022
ރަޝިއާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، ކިންޒްހާލް މިސައިލް ސިސްޓަމްގެ ބޭނުން ކޮށްގެން 2،000 ކިލޯ މީޓަރު ދުރުގައިވާ ޓާގެޓްތަކަށް ހަމަލާ ދެވޭނެއެވެ. އަދި މި ހައިޕަރސޮނިކް މިސައިލްއަކީ ގަޑިއަކު 6،000 ކިލޯ މީޓަރަށްވުރެ ބާރުމިނުގައި، އަޑަށްވުރެ 5 ގުނަ ބާރުމިނުގައި ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްއެކެވެ. އަދި މި މިސައިލްއަކީ، ވަރަށް އުހުގައި ދަތުރުކޮށް، ޖައްވުގައި ހުއްޓާ، ބިމަށް ތިރުކުުރުމުގެ ކުރިން މީގެ ސްޕީޑާއި މިސްރާބު ބަދަލު ކޮށްލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލަކަށް ވުމާއެކު، މިސައިލް ދެނެގަތުމަކީ އުދަގޫ ކަމެކެވެ. އަދި މިއީ ހަނގުރާމައެއްގައި ހައިޕަރސޮނިކް މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
ރަޝިއާއިން ހައިޕަރ ސޮނިކް މިސައިލް އުފައްދާފައިވާކަން ހާމަކޮށްފައިވަނީ 2018ވަނަ އަަހަރުއެވެ.
ހައިޕަރސޮނިކް މިސައިލް މިހާތަނަށް އުފައްދާފައިވަނީ ރަޝިއާއި ޗައިނާއިންނެވެ. އެހެންނަމަވެސް އެމެރިކާ މިހާރުވަނީ މީގެ މިސައިލް އުފެއްދުމުގެ މަރުހަލާގައެވެ.