ރައީސް ޔާމީނަށް ކުރެންދޫ ރައްޔިތުންގެ ހޫނު މަރުހަބާއެއް

ރައީސް ޔާމީނަށް ކުރެންދޫ ރައްޔިތުންގެ ހޫނު މަރުހަބާއެއް

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2022 03:06
0

ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގެންވުމުން އެރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގެންނެވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ކުރެންދޫ ކައުންސިލް ރައީސް އިންތިޚާބުގެ ކެމްޕެއިންގައެވެ. ރައީސް ޔާމީން މިއަދު ކުރެންދޫއަށް ވަޑައިގެންނެވިއިރު، ރައީސް ނަޝީދުވެސް މިވަގުތު ހުންނެވީ ކުރެންދޫގައި އެމްޑީޕީ ކެނޑިޑޭޓުގެ ކެމްޕެއިންފައެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ އިސްމާއިލް މަދީހުއެވެ. އޭނާއަކީ މީގެ ކުރިންވެސް ކުރެންދޫ ކައުންސިލް ރައީސްކަމުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.

މިއިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ ކެނޑިޑޭޓަކު ނެރެފައެވެ. ނަމަވެސް މިއިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.

މިއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.