ރަޝިއާގެ މަހުޖަނު، އަދި މަޝްހޫރު ފުޓުބޯޅަ ކުލަބު ޗެލްސީގެ މިހާރުގެ ވެރިއާ ރޯމަން އަބުރޮމޮވިޗްގެ އަމިއްލަ ޖެޓް ހިމެނޭހެން، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާއިން ހިފައްޓާފައިވާ ރަޝިއާގެ މަހުޖަނުންގެ ޖެޓް ތަކުގެ އަދަދު 100 އަށް އަރައިފިއެވެ.
ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި މި ޖެޓްތައް ހިފަހައްޓާފައިވަނީ އެގައުމުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ކަމުގައެވެ.
އެެމެރިކާއިން ހާމަ ކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެއްވެސް ތަނެއްގައި، ރަޝިއާވެސް ހިމެނޭ ގޮތުން، މި އެއަރކްރާފްޓްތައް ސާވިސް ކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ބޮޑެތި ޖޫރުމަނާތަކުގެ އިތުރުން، ޖަލު ހުކުމަކާވެސް ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.
އެމެރިކާއިން ހިހައްޓާފައިވާ އެއަރކްރާފްޓުތަކުގެ ތެރޭގައި ރަޝިއާގެ ގައުމީ އެއަރލައިން އެރޯފްލޮޓްގެ އެއަރކްރާފްޓްތައްވެސް ހިމެނެއެވެ. މިގޮތުން ހިފަހައްޓާފައިވާ ގިނަ އެއަރކްރާފްޓްތަކަކީ ބޮއިންގގެ އެއަރކްރާފްޓްތަކަށް ވާއިރު، މީގެ ތެރޭގައި ޗެލްސީގެ މިހާރުގެ ވެރިޔާ އަބްރޮމޮވިޒްގެ ގަލްފް ސްޓްރީމް ޕްރައިވެޓް ޖެޓްވެސް ހިމެނެއެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، މިމަހުގެ ކުރީކޮޅު، އިގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިއާގެ 7 މަހުޖަނުންގެ ތެރޭގައިވެސް އަބްރޮމިވިޗް ހިމެނެއެވެ.
އަބްރޮމިވިޗް. 55، އަކީ، ރަޝިއާގެ ރައީސް ލާޑިމިރ ޕުޓިންއާއި ގާތް ގުޅުމެއް ބާއްވާ މަހުޖަނެއްގެ ގޮތުގައި ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރެއެވެ. އެހެންނަމަވެސް އޭނާ މިކަން ދޮގު ކުރައްވައެވެ.
އެެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަ ކޮށްފައިވާ ގޮތުގައި، އެމެރިކާއިން ލިސްޓު ކޮށްފައިވާ އެއްވެސް އެއަރކްރާފްޓަކަށް ތެޔޮ އެޅުމާއި، މެއިންޓެނެންސްގެ ޚިދުމަތް ފޯރުކޮށް ދިނުމާއި، މަރާމާތު ކޮށްދިނުމާއި އަދި ސްޕެއަރ ޕާރޓްތައް ފޯރުކޮށް ދިނުމަކީވެސް އެމެރިކާގެ އެކްސްޕޯޓު ކޮންޓޯލާއި ޚިލާފްވާނެ ކަންކަމެވެ.
އަދި ސްޓޭޓް ޑިޕާޓުމަންޓުން ހާމަ ކޮށްފައިވާ ގޮތުގައި، މި ފިޔަޅުތަކާއި ޚިލާފްވާ ފަރާތްތަކަށް، ޖަލު ހުކުމުގެ އިތުރުން، ޖޫރިމާނާ ތަކާއި، އަދި އެކްސްޕޯޓު ކުރުން މަނާކުރުމާއި އަދި އިތުރު އެހެން ފިޔަވަޅުތަކާވެސް ކުރިމަތިލާން ޖެހޭނެއެވެ.
ރަޝިއާއި ކެނެޑާ އަދި ޔޫރަޕްގެ ގިނައުމުތަކުން މިހާރުވަނީ ރަޝިއާގެ މަތިންތާބޯޓުތައް އެގައުމުތަކުގެ ވައިގެ ސަރަހައްދުން ދަތުރުކުރުން މަނާކޮށްފައެވެ.
ކޮމެންޓު ފޮނުވާ