ކުރެންދޫއިން ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް

ކުރެންދޫއިން ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2022 05:57
0

ޅ.ކުރެންދޫއަށް އެމްޑީޕީގެ ރައީސް، އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ނަޝީދު ކުރެންދޫއަށް ވަޑައިގެންނެވީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކުރެންދޫ ދާއިރާގެ ކައުންސިލް ރައީސް އިންތިޚާބުގައި، ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕެއިން ކުރެއްވުމަށެވެ. ރައީސް ނަޝީދާއިއެކު އެމްޑީޕީގެ އިސްބޭފުޅުން މިއަދު ހަވީރު ކުރެންދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް އިންތިޚާބެއް ބާއްވަނީ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު މިދިޔަ މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާއަކީވެސް އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.

ޅ.ކޔރެންދޫ ކައުންސިލް ރައީސްކަމުގެ މަޤާމަށް ވެރިކަން ކުރާ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ ޢަލީ ނަސީމެވެ. ކުރެންދޫގައި މިރޭ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެން ބާއްވާ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއިންތިޚާބުގައި ވާދަވެރި ޕީޕީއެމުންވެސް ވާދަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.