3،000 ހަމަނުވާ ޕާޓީތަކަށް 3 މަސްދުވަހުގެ ނޯޓިސްދެނީ

3،000 ހަމަނުވާ ޕާޓީތަކަށް 3 މަސްދުވަހުގެ ނޯޓިސްދެނީ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2022 12:43
0

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ޢަދަދަށް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް، މެމްބަރުން ހަމަ ކުރުމަށް މުއްދަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ސިޠާސީ ޕާޓީތަކުގެ ބަދަލުވެރި ފަރާތް އެއިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ. އޭގެ ތެރެއިން ޤާނޫނުގައި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެންޖެހޭކަމަށް ކަނޑައަޅާފައިވާ 3،000 މެމްބަރުން ހަމަ ނުވާ 4 ސިޔާސީ ޕާޓީއެއް އެބައޮތެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މެމްބަރުންގެ އަދަދު ހަމަ ކުރުމަށް އިލެކްޝަން ކޮމިޝަނުން ދީފައިވާ ލުއިތަކަށް މިހާރު މިމުން ގެނެސްފައިވާކަމަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ޤާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ސިޔާސީ ޕާޓީތަކުގައި މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީތަކަށް 3 މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށް ނިންމާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ސިޔާސީ ޕާޓީގެ މެންބަރުންގެ ޢަދަދު 3،000 ހަމަނުވާ، 4 ޕާޓީއަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފި. ހަބީބް ވިދާޅުވިއެެވެ.

އިލެކްޝަންގެ ދަފްތަރުގައި 3،000 މީހުން ހަމަނުވާ ޕާޓީތައް:

– މޯލްޑިވްސް ރިފޯމް މޫވްމަންޓް (MRM) – 2302 މެމްބަރުން
– މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (MLSDP) – 2725 މެމްބަރުން
– މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (MTD) – 2489 މެމްބަރުން
– ދިވެހިރައްޔިތުންގެ ޕާޓީ (DRP) – 2280 މެމްބަރުން

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހަމަކުރަން ނޯޓިސް ދިނުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީގެ ތެރެއިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅި 2 ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްއާއި، ޖުމްހޫރީ ޕާޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.