ކަނޑިންމަ ރިސޯޓްގެ ހުއްދަ ވަގުތީގޮތުން ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓައިފި

ކަނޑިންމަ ރިސޯޓްގެ ހުއްދަ ވަގުތީގޮތުން ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓައިފި

Author
މުޙައްމަދު ޖިމީ
09 ނޮވެމްބަރ 2020 02:20
0

ކަނޑިންމަ ރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހަކު ނިޔާވެ ގިނަ ޢަދަދެއްގެ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން، އެރިސޯޓްގެ ހުއްދަ ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓައިފިއެވެ.

ކަނޑިންމަ ރިސޯޓްގައި މަސައްކަތްކުރި ޢުމުރުން 60 އަހަރުގެ އާދަމް ނަޞީރު ނިޔާވީ ބަލިވެއުޅޭތާ ދެހަތާއެއްހާ ދުވަސް ފަހުންކަމަށްވީއިރު، އޭނާއަށް ފަރުވާހޯދުމަށް ރިސޯޓުން އިހުމާލުވެފައިވާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އޭނާ ޕޮޒިޓިވްކަން އެނގިފައިވަނީ ނިޔާވިފަހުންނެވެ. އިބްރާހީމް ނަޞީރުގެ ކޮންޓްރެކްޓް ޓްރޭސްކުރެވި މިހާތަނަށް އެރިސޯޓުން ވަނީ 60 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

މިމައްސަލާގައި ޓޫރިޒަމް މިނިސްޓްރީން ހިފަހައްޓާފައިވަނީ، ކޯވިޑް-19ގެ ޙާލަތުގައި އެރިސޯޓުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ހުއްދައެވެ. އެރިސޯޓްގެ ހުއްދަ ހިފެހެއްޓިކަން ރޭ ޓޫރިޒަމް މިނިސްޓްރީން ވަނީ އެރިސޯޓަށް އީމެއިލުން އަންގާފައެވެ.

ކަނޑިންމަ ރިސޯޓްގެ މުވައްޒަފަކު ގިނަ ދުވަސްތަކެއްވަންދެން ބަލިވެ އުޅެ ނިޔާވިއިރު، އެރިސޯޓުން ޢަމަލުކޮށްފައިވަނީ އެޗްޕީއޭގެ އުސޫލާ ޚިލާފަށްކަމަށް އެނގިފައިވެއެވެ. މިމައްސަލަ އެޗްޕީއޭއިން ވަނީ ފުލުހުންނަށްވެސް ހުށައަލާފައެވެ. އަދި މިހާރު ތަޙްގީގުފަށާފައިވާކަމަށް ފުލުހުންވެސް ބުނެފައިވެއެވެ. މިމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވެސް އަންނަނީ ބަލަމުންނެވެ.

ކަޑިންމަ ރިސޯޓުން ޕޮޒިޓިވްވި ހައިރިސްކު މީހުން ފެސިލިޓީސްތަކަށް ގެންގޮސްފައިވާއިރު، އެނޫން މީހުން އެކަހެރިކޮށްފައިތިބީ ރިސޯޓްގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.