2021 ވަނަ އަހަރު އިރާންގައި 280 މީހުންނަށް މަރުގެ އަދަބު ދީފައިވޭ: ޔޫއެން

2021 ވަނަ އަހަރު އިރާންގައި 280 މީހުންނަށް މަރުގެ އަދަބު ދީފައިވޭ: ޔޫއެން

Author
ހުސެއިން
18 މާރޗް 2022 07:08
0

އިރާނުގައި ފާއިތުވި 2021 ވަނަ އަހަރު، މަދުވެގެން 280 މީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމަށް، އިރާނަށް ޔޫއެން ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫ އޭނާގެ ރިޕޯޓުގައި ހާމަ ކުރައްވައިފިއެވެ.

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްއަށް ރިޕޯޓު ހުށަހަޅުއްވަމުން ޖާވިދު ރަހުމާން ވިދާޅުވި ގޮތުގައި، އިރާނުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ފާސްކޮށްފައިވާ ގާނޫނުތަކުގެ ދަށުން މަރުގެ އަދަބު ދެމުންދާ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައިވާ ކަމުގައެވެ.

"2021 ވަނަ، 10 އަންހެނުންވެސް ހިމެނޭ ގޮތުން މަދުވެގެން 280 މީހަކަށް އިރާނުގައި މަރުގެ އަދަބު ދީފައިވޭ،" އޭނާ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތިން ކުޑަ ކުދިންނަށްވެސް (18 އަހަރުން ދަށުގެ) މަރުގަ އަދަބު 2021ވަނަ އަހަރު އިރާނުގައި ދީފައިވާކަމުގެ މަޢުލޫމާތު އޭނާއަށް ލިބިފައި ވެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން އިރާނުގައި އަންހެނުންނަށް މަރުގެ އަދަބު ދެވޭ ނިސްބަތްވެސް ފާއިތުވެދިޔަ އަހަރު ވަނީ މަތިވެގެން ގޮސްފައެވެ. މި ރިޕޯޓުގައި ވާގޮތުން، ފާއިތުވެދިޔަ އަހަރު އިރާނުގައި މަރުގެ އަދަބު ތަންފީޒު ކުރެވުނު 280 މީހުންގެ ތެރެއިން 80 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރެވުނު މީހުންނެވެ. މީގެ ތެރޭގައި އަންހެނުން ހިމެނޭއިރު، އަފްއާނިސްތާނުގެ 4 މީހަކުވެސް ހިމެނެއެވެ.

ރަހްމާންގެ ރިޕޯޓުގައި ވާގޮތުން ފާއިތުވެދިޔަ އަހަރަކީ އިރާނުގައި މަރުގެ ހުކުމް ތަންފީޒު ކުރެވުނު ބައިމަދު ނަސްލުތަކަށް ނިސްބަތްވާ މީހުންގެ އަދަދުވެސް މަތިވެގެންދިޔަ އަހަރެކެވެ. މިގޮތުން މީގެ ތެރޭގައި ބައިމަދު ނަސްލެއް ކަމުގައިވާ ބަލުޗް ނަސްލަށް ނިސްބަތްވާ 40 މީހަކު ހިމެނޭއިރު، 50 ކުރުދީންވެސް ހިމެނެއެވެ.

އިރާނަށް ވަނުން މަނާކުރެވިފައިވާ، އެގައުމަށް ޔޫއެންއަށް ކަނޑައަޅާފައި ހުންނަވާ ޔޫއެންގެ ޚާއްސަ މަންދޫބު ރަހުމާންގެ ރިޕޯޓުގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި، އިރާންގައި މަރުގެ ހުކުމް ތަންފިޒު ކޮށްފައިވާ ވަރަށް ގިނަ މީހުން ކުށަށް އިއުތިރާފް ވެފައިވަނީ، އެމީހުންނަށް މަޖުބޫރު ކޮށްގެން ކަމުގެ މައުލޫމާތުވެސް އޭނާއަށް ލިބިފައ ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.