ރައީސުލް ޖުމްހޫރިއްޔާގެ ލީގަލް ކައުންސެލްގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އަފީފް މަގާމުން ވަކިކުރައްވައިފި އެވެ.
މި ސަރުކާރު ވެރިކަމަށް އައުމާއެކު، ރައީސް ސާލިހުގެ ލީގަލް ކައުންސިލްގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު މަގާމުން ވަކި ކުރައްވާފައިވަނީ މިއަދު ކަމަށް ޚަބަރު އޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަހުމަދު ކުއްލި ގޮތަކަށް މިއަދު މަގާމުން ވަކި ކުރައްވާފައިވަނީ ކޮން ސަބަބަކާހުރެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އަދި މިކަމާއި ގުޅިގެން ރައީސް އޮފީހުންވެސް ވަކިއެއްޗެއް ހާމަ ކުރައްވާފައެއް ނުވެއެވެ.
އަހުމަދު އަބުދުﷲ އަފީފަކީ، ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އައި ޖަލު ހުކުމާއި ގުޅެގޮތުން ކުރިޔަށް ދިޔަ މައްސަލާގައި އެމަނިކްފާނުގެ ލޯޔަރުންގެ ޓީމުގައިވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
ފާއިތުވެދިޔަ ތަނުގައި އޭނާގެ މައްޗަށް ބައެއް ފަރާތްތަކުން ތަފާތު ތުހުމަތުތައް ކޮށްފައި ވެއެވެ. އަދި އޭނާ އޮފީހަށް ވަޑައި ނުގަންނަވާތާ ދުވަސްތަކެއް ވެފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ޚަބަރު އޮންލައިނަށް މައުލޫމާތު ދީފައި ވެއެވެ.
ކޮމެންޓު ފޮނުވާ