ޔޫރަޕިއަން ސްޕޭސް އޭޖެންސީއާއި ރަޝިއާއިން ގުޅިގެން މަރސްއަށް ފޮނުވުމަށް ހަމަ ޖެހިފައިވާ އެގްޒޮމާރސް ރޯވަރ ޖައްވީއުޅަދުގެ ޕްރޯޓޯ ޓައިޕް ފޮޓީޯއެއް

މާރސްއަށް ޖަައްވީ އުޅަނދު ފޮނުވުމަށް ރަޝިއާއާއެކީ ކުރިޔަށްދިޔަ މިޝަން، ޔޫރަޕިއަން ސްޕޭސް އޭޖެންސީން ސަސްޕެންޑް ކޮށްފި

މާރސްއަށް ޖަައްވީ އުޅަނދު ފޮނުވުމަށް ރަޝިއާއާއެކީ ކުރިޔަށްދިޔަ މިޝަން، ޔޫރަޕިއަން ސްޕޭސް އޭޖެންސީން ސަސްޕެންޑް ކޮށްފި

ރަޝިއާއިއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، ޖައްވީ ޕްލެނެޓް މާރސްއަށް ޖައްވީ އުޅަނދެއް ފޮނުވުމަށް ރަޝިއާއެކީ ކުރިޔަށް ގެންދިޔަ މިޝަން މިހާރު ސަސްޕެންޑް ކޮށްފައިވާކަން ޔޫރަޕިއަން ސްޕޭސް އޭޖެންސީން ހާމަ ކޮށްފިއެވެ.

"ޔޫކުރެއިންއާއި ދެކޮށް ކުރިޔަށްދާ އުދުވާންގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި، އަދި އުފަލަންޖެހިފައިވާ ވޭންތައް ހިތާމައާއިއެކު ފާހަގަ ކުރަން. ސައިންސްގެ ޖައްވީ ހޯދުންތަކަށް އަސަރު ކުރާނެކަމަށް ގަބޫލުކުރާ ހާލު، މެމްބަރު ގައުމުތަކުން ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް  ޔޫރަޕިއަން ސްޕޭސް އޭޖެންސީ (ESA)އިން ފުރިހަމަޔަށް ތާއީދު ކުރަން،" ޔޫރަޕިއަން ސްޕޭސް އޭޖެންސީން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ފްރާންސްގެ ޕެރިސްގައި ޔޫރަޕިއަން ސްޕޭސް އޭޖެންސީންގެ ރޫލިންގ ކައުންސިލުން ވަނީ "ރޮސްކޮސްމޮސް (ރަޝިއާގެ ސްޕޭސް އޭޖެންސީ) އާއިއެކީ، 2022 ވަނަ އަހަރު ލޯނޗު ކުރުމަށް ހަމަޖެހިފައިވާ އެގްޒޮމާރސް ރޯވަރ މިޝަންއާއިބެހޭ ގުޅުންތައް ބޭއްވުމަކީ މިހާލަތުގައި ކުރެވޭނެ ކަމެއް ނޫންކަމަށް ގަބޫލު ކޮށްފަ، އަދި ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ޑިރެޓަރަށް، މި ގުޅުންތައް ސަސްޕެންޑްކުރުމަށް އަލަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ ހުރިހާ އިޚްތިޔާރެއް ވަނީ ލިބިދީފައި،" މި ބަޔާނުގައި ބުނެފައި ވެއެވެ.

މާރައަށް ޚާއްސަ އުޅަނދެއް ފޮނުވުމަށް ކުރިޔަށް ދިޔަ މި މިޝަން ސަސްޕެންޑު ކުރެވުނު ނަމަވެސް، ޔޫރަޕިއަން ސްޕޭސް އޭޖެންސީން ބުނެފައިވާ ގޮތުގައި، އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ޕްރޮގްރާމްތައް ހުއްޓުމެއް ނެތި ކުރިޔަަށް ދާނެއެވެ.

ޖައްވުގައި ބުރު ޖަހަމުންދާ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި މިވަގުތު 4 އެސްޓްރޮނޯޓުން އެބަ ތިއްބެވެ. އޭގެ ތެރޭގައި، ރަޝިއާގެ 2 ކޮސްމޮނޯޓުންނާއި، ޔޫރަޕްގެ އެއް އެސްޓްރޮނޯޓު ހިމެނެއެވެ.

ޔޫކުރެއިންގެ ހާލަތަށް ބަލާ ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް އެ އޭޖެންސީގެ ރޫލިންގ ކައުންސިލްގެ ދައުރުން ބޭރުގެ ބައްދަލުވުމެއް ކުރިޔަށް އޮތް މަދު ހަފްތާތަކެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މެމްބަރުގެ ގައުމުތަކުން ގޮތް ނިންމުމަށްޓަކާ ތައްޔާރު ކުރެވިފައިވާ ޕްރޮޕޯސަލް މި ބައްދަލުވުމަށް ހުށަހެޅިގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *