އޭސީސީގެ ރައީސަކަށް ޝާމިލް، ނައިބަކަށް ސަލާމް

އޭސީސީގެ ރައީސަކަށް ޝާމިލް، ނައިބަކަށް ސަލާމް

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2022 04:22
0

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް ކަމުގެ މަޤާމަށާއި، ނައިބް ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ކަނޑައަޅައިފިއެވެ.

އޭސީސީގެ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް އައްޔަން ކުރަން މެމްބަރުންގެ އައުލަބިއްޔަރުން ފާސްވީ، އަލްއުސްތާޛް އާދަމް ޝާމިލްއެވެ. ނައިބް ރައީސަކަށް އައްޔަން ކޮށްފައިވަނީ އަލްއުސްތާޛް އަބްދުއްސަލާމްއެވެ.

އާދަމް ޝާމިލްއަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓި ގޭޓަރެކެވެ. އަދި ޢަބްދުއްސަލާމް ޢަލީ މިހާތަނަށް ހުންނެވީ އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް 5 މެމްބަރުން އައްޔަންކުރައްވާފައިވަނީ މިއަދުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.