މަސްވެރިންތަކެއް ބޮޑުކަންނެއްޔެއް ބާނަނީ - ފޮޓޯ: ދިވެހި މަސްވެރިން

އިންޑިޔާ ކަނޑުގެ ރީނދޫއުރަހަ ކަންނެލި ސީފުޑްވޮޗުން ރެޑްލިސްޓްކޮށްފި

އިންޑިޔާ ކަނޑުގެ ރީނދޫއުރަހަ ކަންނެލި ސީފުޑްވޮޗުން ރެޑްލިސްޓްކޮށްފި

ގުޅުންހުރި

އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ރެޑް ލިސްޓްކޮށް އެބާވަތުގެ ކަންނެލި އެމެރިކާގެ ސީފުޑް ވޮޗްއިން ރެޑްލިސްޓްކޮށްފިއެވެ.

އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި އެމެރިކާގެ ސީފުޑް ވޮޗްއިން ރެޑްލިސްޓްކޮށްފައިވާކަން ހާމަކުރައްވާ ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެމެރިކާގެ މޮންޓެރޭ ބޭ އަކުއޭރިއަމްގެ ސީފުޑް ވޮޗްއިން ވަނީ ރާއްޖެވެސް ހިމެނޭގޮތަށް އިންޑިޔާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލި ރެޑްލިސްޓްކޮށް، އެގަތުން ހުއްޓުވާފައިވާކަމަށެވެ. އެއީ އިންޑިޔާ ކަނޑުގެ ރީދޫއުރަހަ ކަންނެލީގެ ސްޓޮކަށް ގެއްލުން ލިބިފައިވާތީ އަދި ސްޓޮކު އާލާކުރުމަށް އައިއޯޓީސީ މެދުވެރިކޮށް ފިޔަވަޅުނޭޅޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރެޑްލިސްޓްކުރި އެމެރިކާގެ ސީފުޑް ވޮޗްއަކީ މޮންޓެރީ ބޭ އަކުއޭރިއަމް އާ ގުޅިގެން ތިމާވެއްޓާ ކަންޑުގެ ދިރުން ހިމާޔަތްކޮށް ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަން ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފިޔަވަޅު އެޅީ އިންޑިއާ ކަނޑުން މަސްވެރިކަންކުރާ 32 ގައުމުގެ ތެރެއިން ބައެއް ގައުމުތަކުން ސްޓޮކް އިތުރުކުރުމަށާއި މަސްވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރުމަށް އެއްބާރުލުން ނުދޭތީއެވެ. މީގެ ތެރެއިން ގިނަ ގައުމުތަކަކީ ދާ އަޅައިގެން މަސްވެރިކަން ކުރާ ޤައުމުތަކެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ތީ އެއްވެސް ވާހަކައެއްނޫން. ޢެއީ އެމެރިކާއިން ބުނިގޮތަށް ރަސިޔާއަށް ފިޔަވަޅު ނޭޅީމާ. ޢެނޫންނަމަ ފިޔަވަޅު އެޅީހީ ދައު އަޅައިގެން މަސްހިފާ ޤައުމުތަކަށް.

  2. ދުނިޔޭގައި ނަފާއެއްލިބެން ހުރި ހުރިހާ އެއްޗެއްގެ ބާރު އެމެރިކާއަށްލިބެންޖެހެވެ. އެކިނަންނަމުގައި ފާޑުފާޑުގެ ޖަމީޔާތައް ހަދައިގެން ރީތިނަންނަމުގައި ކުރާހާވެސް ކަމަކީ ކަންކަމަށް ނުފުޒު ފޯރުވުމެވެ. އަދި އެމެރިކާއަށް ދައުރެއް އަދާނުކުރެވޭ އެއްވެސް ވިޔަފާރިޔެއޮވެގެން ނުވާނެއެވެ. އެމެރިކާގެ ސަބަބުން މުޅިދުނިޔެ ފަސާދަކޮއްފިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ