ތޮހާރާތުގެ ތެރެއިން އިސްތިންޖާ ކުރުމާއި ގަޞާހާޖާގެ އަދަބު ތަކަކީ ކޮބާ؟ އަދި ތަހާރާގެ ފެނުގެ ބައިތަކަކީ ކޮބާ؟

ތޮހާރާތުގެ ތެރެއިން އިސްތިންޖާ ކުރުމާއި ގަޞާހާޖާގެ އަދަބު ތަކަކީ ކޮބާ؟ އަދި ތަހާރާގެ ފެނުގެ ބައިތަކަކީ ކޮބާ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ގަޟާ ޙާޖަތް ކުރުމުގެ އަދަބުތައް ތިރީގައި މިވަނީ އެވެ.

  1. ގިބްލައަށް ކުރިމަތިލައިގެން ނުވަތަ ފުރަގަސްދީގެން ނުހުރުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا جَلَسَ أَحَدُكُمْ عَلَى حَاجَتِهِ فَلا يَسْتَقْبِلْ الْقِبْلَةَ وَلا يَسْتَدْبِرْهَا ) މާނައަކީ: "ތިޔަބައިމީހުން ގަޟާ ޙާޖަތްކުރުމަށް އިށީންނަ ހިނދުގައި ގިބްލައަށް ކުރިމަތިވާ ގޮތަށް ނުހުންނާށެވެ. އަދި ގިބްލައަށް ފުރަގަސް ދީގެންވެސް ނުހުންނާށެވެ".
  2. ކުޑަކަމުދާ ވަގުތުގައި ކުރިމަތީފަރާތުގައި ކަނާއަތުން ނުހިފެހެއްޓުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا بَالَ أَحَدُكُمْ فَلا يَأْخُذَنَّ ذَكَرَهُ بِيَمِينِهِ وَلا يَسْتَنْجِي بِيَمِينِهِ) މާނައަކީ: "ތިޔަބައިމީހުން ކުރެ މީހަކު ކުޑަކަމުދާ ކަމަށް ވަނީނަމަ، ކުރިމަތީ ފަރާތުގައި ކަނާ އަތުން ނުހިފާށެވެ. އަދި ކަނާއަތުން އިސްތިންޖާ ނުކުރާށެވެ".
  3. ނަޖިސް ސާފު ކުރުމުގައި ވާއަތް އިސްކުރުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا تَمَسَّحَ أَحَدُكُمْ فَلا يَتَمَسَّحْ بِيَمِينِهِ) މާނައަކީ: "ތިޔަބައިމީހުން ކަނާއަތުން ނަޖިސް ސާފުކޮށް ނުހަދާށެވެ". روت حفصة رضي الله عنها زوج النبي صلى الله عليه وسلم أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَجْعَلُ يَمِينَهُ لأَكْلِهِ وَشُرْبِهِ وَوُضُوئِهِ وَثِيَابِهِ وَأَخْذِهِ وَعَطَائِهِ وَيَجْعَلُ شِمَالَهُ لِمَا سِوَى ذَلِكَ) މާނައަކީ: "އުއްމުލް މުއިމިނީނަ ޙަފްޞާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެން ވެއެވެ. ކެއުމަށާއި ބުއިމަށް، އަދި ވުޟޫ ކުރުމަށާއި ހެދުން ލުމަށް، އަދި އެއްޗެތި ދީ ހިފުމުގައި ރަސޫލު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަނާއަތް އިސްކުރައްވައެވެ. އެނޫން ކަންތައް ތަކުގައި ވާއަތް އިސްކުރައްވައެވެ".
  4. އިށީނދެ އިނދެ ގަޟާ ޙާޖަތް ކުރުން. އަދި ކުޑަކަމުދާ އެއްޗެތި ގަޔަށް ނުބުރާނެ ގޮތަކަށް ކަންތައް ކުރުން.
  5. މީސްތަކުންނަށް ނުފެންނަ ގޮތަށް ގަޟާ ޙާޖަތް ކުރުމަށް ހުރުން.
  6. ފާޚަނާ އަށް ވަންނަމުންނާއި ނިކުންނަމުން ކިޔުމަށް ވާރިދުވެފައިވާ ދުޢާ އާއި ޛިކްރުތައް ކިޔުން.
  7. ޙާޖަތްކޮށް ނިމިގެން ރަގަޅަށް ނަޖިސް ސާފު ކުރުން.
  8. ހިނގަ ހިނގާ ހުންނަ ފެންގަނޑަކަށް ކުޑަކަމު ނުދިޔުން.
  9. މީސްތަކުން ހިނގާ މަގަކަށް ކުޑަކަމު ނުދިޔުން.
  10. ގަޟާ ޙާޖަތް ކުރާން ހުންނަ ގަޑީގައި ވާހަކަ ދައްކާ ނުހެދުން.

ފެނުގެ ބައިތައް:

ފެން ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ޠާހިރު ފެނާއި ނަޖިސް ފެނެވެ.

والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *