ބޮޑެތި ބަދަލުތަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވައިފި

ބޮޑެތި ބަދަލުތަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވައިފި

Author
މުޙައްމަދު ޖިމީ
15 މާރޗް 2022 11:39
0

އެސްޓީއޯ ސުޕަމާޓް މަރާމާތަށް ފަހު، ބޮޑެތި ބަދަލުތަކާއެކު "އެސްޓީއޯ ޕީޕަލްސް ޗޮއިސް"ގެ ނަމުގައި  އަލުން ހުޅުވައިފިއެވެ. އެތަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުއްވައިދެއްވާ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެހެން ވިޔަފާރިތައް ފުޅާކުރުމަށް މަގުފާހިވާނެހެން އެސްޓީއޯއިން ހުޅުވާލި ފުރުސަތަކީ އެކުންފުނިން އެޅި މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި އެއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ހުޅުވާލި ފުރުސަތެއްގެ ގޮތުގައި ނައިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އިޤްތިޞާދު ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން ތެދުވަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީށްގެ ވާހަކަފުޅުގައިވަނީ ވޭތުވެދިޔަ ދެއަހަރު ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޤައުމަށް ބޭނުންވި ޒަރޫރީ އެކި މުދާ ހުސްނުވެ ހުންނާނެހެން ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ.

ތަކެތީގެ އަގު ނުއުފުލޭނެހެން އެސްޓީއޯއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރެވޭ. އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް ތަކެތީގެ އަގުތައް ނުއުފުލޭނެހެން އިންތިޒާމްތައް ހަމަޖެއްސުން. އަދި އެސްޓީއޯއިން ކުރާ މަސައްކަތަކީ ވިޔަފާރީގެ ބަދަލުގައި ޚިދުމަތެއްގެ ގޮތުގައި ކުރިއަށްގެންގޮސްދިނުން.

– ނައިބުރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އެސްޓީއޯ އުފައްދައިގެން މިވޭތުވެދިޔަ ދިގު މަޒީގައި ގިނަ ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާކަމަށެވެ. އަދި އައު ބަދަލުތަކާއެކު އެސްޓީއޯ ހުޅުވިގެންދިޔައިރު މިއީ މުޅި ކުންފުންޏަށްވެސް ލިބިގެންދިޔަ އިންގިލާބީ ބަދަލެއްކަމަށް އަމްރު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތެއް ކުދި ވިޔަފާރިތަކަށް މަގުފަހިކޮށް ދިނުމަކީ. އެއީ އެސްޓީޢޯގެ އަމާޒު. ސުޕަމާކެޓް އަލަށް ހުޅުވިގެންދާއިރު 9 ވިޔަފާރިއަކުން އެސްޓީއޯއާއިވަނީ ގުޅިފައި. އަދި މިހާރުވެސް އިތުރު ފިހާރަތަކުން އަންނަނީ އެސްޓީއޯއާއި ގުޅިގެން ކުރިއަށްދިޔުމަށް އެދި ގުޅަމުން.

– އެސްޓީއޯގެ މެނޭޖިންގ ޑިރެކްތަރ އަމްރު ވިދާޅުވިއެވެ.

ރަމަޟާންމަހާ ދިމާކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިންސް ބޮޑުކުރުމަށް ފަހު ހުޅުވާލީ ބޮޑު ބަދަލަކާއެކުގައެވެ. އެގޮތުން އެސްޓީއޯގެ ފިހާރައިން އެހެން ވިޔަފާރިވެރިންނަށް ފުރުސަތު ދީފައިވާއިރު މިއީ ޢާއްމުނަށް ލިބޭ އިތުރު ލުޔެއްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މިގޮތުން އެސްޓީއޯގެ ތެރޭގައި ނިއު އެޑިޝަން، ސިޓީ އިންވެސްޓްމަންޓް، މަދީހާ ކޮމްޕެނީ، އަސްރަފީ ބުކްޝޮޕް، ޕޮއިސް، މެކްސްކޮމް، މެރަތަން މޯލްޑިވްސް އަދި ޕީކަބޫއިން ލިބޭ އެކި މުދަލާއި ޚިދުމަތް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ރައްޔިތުންނަށް ބޭނުންވާ އެކި މުދަލާއެކު އެސްޓީއޯ ސުޕަމާކެޓް ހުޅުވާފައިވަނީ 1992ވަނަ އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.